ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ރަސްމީ ދަތުރުފުޅެއްގައި ފުވައްމުލައް ސިޓީއަށް ވަޑައިގެންފިއެވެ.
ނައިބު ރައީސް ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވީ މިއަދު ހަވީރު އެ ސިޓީގައި ބޭއްވި 100 ވަނަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތަށެވެ.
ރައީސް އޮފީހުން ބުނީ “ރައްކާ” ޕްރޮގްރާމަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައިނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

