23 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އާއިލާ އަށް ވީނުވީތަނެއް ނޭގިގެން ހޯދަމުންދަނީ ހދ. ކުޅުދުއްފުށި / ކިނާރާގެ، އަޙްމަދު އަނިލް މުޙައްމަދު (23އ) އެވެ.
އޭނާގެ އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަޙްމަދު އަނިލް މުޙައްމަދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމާއި، އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު، ފޯނުން ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ެއަޙްމަދު އަނިލް މުޙައްމަދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން އެދިފައި ވެއެވެ.

