އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު އައްޑޫއަށް ވަޑައިގެންފި އެވެ.
ޖައިޝަންކަރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އައްޑޫގެ މޭޔަރު އަލީ ނިޒާރުގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި އައްޑޫ ސިޓީ ކައުންސިލްގެ އިސްވެރިންނެވެ.
ފޮރިން މިނިސްޓްރީގެ "އެކްސް" ޕޯސްޓެއްގައި ޖައިޝަންކަރު އައްޑޫ އަށް ކުރާ ދަތުރުގައި އިންޑިއާގެ އެގްޒިމް ބޭންކް އޮފް އިންޑިޔާގެ އެލްއޯސީ ފެސިލިޓީގެ ދަށުން އިންޑިއާގައި ހިންގާ ދެ މަޝްރޫއުއެއް އިފްތިތާހު ކޮށްދެއްވާނެ ކަމަށް ބުނެފައިވެއެވެ.

