ގޯތި ގެދޮރުގެ މައްސަލައަށާއި މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވައި މާލެ ސިޓީގެ ތަރައްޤީއާ ގުޅޭ މުހިންމު ކަންކަމާ ގުޅޭގޮތުން މިއަދު ކުރެވުނު މަޝްވަރާ ބައްދަލުވުމުގައެވެ.
ރައިސް ވިދާޅުވީ ގެދޮރުވެރިކަމަކީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށާއި، އެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ މަސައްކަތް މި ސަރުކާރުން ދަނީ ކުރަމުން ކަމަށެވެ. އެހެންކަމުން އެ މައްސަލަ މާލެ ސިޓީގައި ބޮޑު ކަމަށާއި އެ ސިޓީއަކީ އެންމެ ޒަމާންވީ ސީޓީއަށް ވާތީ އާބާދީގެ ގޮތުން ތޮއްޖެހިފައިވާ ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، މިހާރު މާލެ ސިޓީގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތަކުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރެއްވިއެވެ. އެގޮތުން ގޯތި ގެދޮރުގެ މައްސަލައަށާއި މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް ކުރެވެންހުރި ކަންކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ރައިސްގެ މިއަދުގެ ބައްދަލުކުރެއްވުމަކީ ރަށްރަށާއި ސިޓީ ކައުންސިލްތަކާ ބައްދަލުކުރެއްވުމުގެ ސިލްސިލާގެ ތެރެއިން ކުރިއަށްގެންދިޔަ ބައްދަލުކުރެއްވުމެކެވެ.

