އައްޑޫ ސިޓީ ތަރައްގީވެގެން ދިއުމާއެކު ރާއްޖޭގެ ދެކުނަށް ފަތުރުވެރިކަން ފުޅާވެގެންދާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
ޖައިޝަންކަރު ވިދާޅުވި ގޮތުގައި އިންޑިއާއިން އައްޑޫއަށް ފާއިތުވި 2-3 އަހަރު ތެރޭގައި 220 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވެއެވެ. މިކަމުން ދޭހަވަނީ ރާއްޖޭގެ ވަކިވަކި ސަރަހައްދުތައް ތަރައްގީ ކުރުމަށް އިންޑިއާއިން ދެމުންދާ އަހައްމިއްޔަތުކަމެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ދަށުން 30 މިލިއަން ޑޮލަރަށް އައްޑޫގައި ޕޮލިސް އެކަޑަމީއެއް ތަރައްގީކޮށްފައިވާ ކަމަށާއި، އެއީ ދިވެހި ފުލުހުން ތަމްރީން ކުރާ މައި ސެންޓަރަކަށް ވެގެންދިއުމުން ވަރަށް އުފާކުރައްވާ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.
ހަމަމިއާއެކު، 80 މިލިއަން ޑޮލަރުގެ މަޝްރޫޢެއްގެ ދަށުން 184 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި، މި ބިން ހިއްކާފައިވަނީ ފަތުރުވެރިކަމާއި އައްޑޫގެ ތަރައްގީއަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އައްޑޫގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިކަމުން ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޖައިޝަންކަރު ވިދާޅުވި ގޮތުގައި މި މަޝްރޫޢުތަކުން އައްޑޫ އިތުރަށް ތަރައްގީވެ، ވަޒީފާގެ ފުރުސަތުތައް އިތުރުވާނެއެވެ. އަދި ސަރުކާރުން އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަޝްރޫއާއިއެކު އައްޑޫ އާއި ދުނިޔޭގެ އެހެން ކަންކޮޅުތަކާއި ސީދާ ގުޅާލެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އިންވެސްޓަރުންގެ އިތުބާރު ލިބިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އައްޑޫގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމަށާއި އެ މަސައްކަތް ނިމުމާއިއެކު އައްޑޫގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއަން ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫގެ ފެސިލީތައް ތަރައްގީކޮށް އެ ސަރަހައްދުން ރާއްޖެއިން ބޭރަށް ގުޅާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންކަން ފާހަގަކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ، ސަރުކާރުން އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަޝްރޫއާއިއެކު އައްޑޫ އާއި ދުނިޔޭގެ އެހެން ކަންކޮޅުތަކާއި ސީދާ ގުޅާލެވިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި އިންވެސްޓަރުންގެ އިތުބާރު ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އައްޑޫގައި ގިނަ މަޝްރޫތަކެއް އިންޑިއާއިން ހިންގަމުންދާކަން ފާހަގަކުރައްވަމުން ޖައިޝަންކަރު ވިދާޅުވީ، އެއާއެކު ދެކުނު އިތުރަށް ތަރައްގީވެ ފަތުރުވެރިކަން ފުޅާވެގެންދާނެ ކަމަށެވެ.

