ސަރުކާރުގެ 10 ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބަދަލު ގެނެސްފިއެވެ.
ޕީސީބީން ވަނީ ސަރުކާރުން ހިއްސާވާ ބައެއް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބައެއް މީހުން ވަކިކޮށްފައެވެ. އެގޮތުން ވަކިކޮށްފައިވަނީ:
- އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް: ހުސައިން މުހައްމަދުދީދީ، ޝާތިފް އަލީ އަދި ޝަޒުރާ ޝާކިރު
- ބިޒްނަން ސެންޓަރު ކޯޕަރޭޝަން ލިމިޓެޑް : ލަމްޔާ އިބްރާހިމް އަދި އަހުމަދު އިފްތިޚާރު
- ފަހި ދިރިއުޅުން ކޯޕަރޭޝަން : ނަޖީލް އަހުމަދު
- ފެނަކަ ކޯޕަރޭޝަން: އަހުމަދު ޝަހީރު، އިބްރާހިމް ނާއީފް އަދި އަހުމަދު އީހާބް
- – ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން: އަލީ ނަޒީރު
- – އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން: ޝުހާދު އިބްރާހިމް
- ޓްރޭޑްނެޓް މޯލްޑިވްސް: ނާހިޔާ މުހައްމަދު
- ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން: އަލީ ނަބީލް، މުސްތަފާ މުހައްމަދު އަދި އަލީ އިކްރާމް
- ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން: މުހައްމަދު ރަޝީދު އަދި ހާމިދު ސާދިގު
- މޯލްޑިވްސް ޕޯސްޓް ލިމިޓެޑް: މުހައްމަދު އަބްދުﷲ އަދި މުހައްމަދު ނާޝިދު
ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ޕީސީބީ އިން ބައެއް ފަރާތްތައް އައްޔަންކޮށްފައި ވެއެވެ. އެގޮތުން އައްޔަން ކޮށްފައިވާ ބައެއް ފަރާތްތައް:
- ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް: ޒިދުނާ އިބްރާހިމް
- މޯލްޑިވްސް ޕޯސްޓް ލިމިޓެޑް: ހައްވާ ސަފްނާ ޕީސީބީ އިން ހާމަކުރާ ގޮތުގައި މި ބަދަލު ގެނެސްފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.
ޕީސީބީ އަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.

