މުޅިރާއްޖެއަށް މޫސުން ގޯސްވެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރާ ގޮތުގައި މި ސަމާލު ނެރެފައިވަނީ މިރޭގެ 19:45 އިން 01:00 އަށެވެ.
އެ އިދާރާއިން މި ހުދު ސަމާލު ނެރިފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
އެއިދާރާއިން ވަނީ މި ފަސްދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި ކަނޑުތައް ގަދަވެ ގަޑިއަކު 40 މޭލާއި 45 މޭލުގެ ބާރުމިނެއްގައި ވައި ޖެހޭނެއެވެ. ވުމާއެކު ފުލުހުން ދަތުރުފަތުރުކުރާ ފަރާތްތަކުން މުސުމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފައެވެ.
އެގޮތުން ފެންބޮޑުވުމާއި، ގެތަކަށް ފެން ވަނުމާއި، ފުރާޅުތަށް ނެއްޓުމާއި ކަރަންޓު ކެނޑުމުގެ އިތުރުން މުދާތަކަށް ގެއްލުމެއް ލިބިދާނެ ކަމަށާއި ތައްޔާރުވުމަށް ކަނޑުދަތުރުކުރާ ފަރާތްތަކުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ނުކުރުމަށާއި، ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ ފުލުހުންގެ ހޮޓްލައިން، 119 އަށް ގުޅުމަށްވެސް ފުލުހުން އިލްތިމާސް ކުރެއެވެ.

