މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
މިކަމާ ގުޅިގެން އެ ކުންފުނިން ބުނީ ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ ހަނދުވަރީ ހިނގުން، އިރަމާ މަގު އަދި އިއްޒުއްދީން މަގު ހިމެނޭ ސަރަހައްދުން ކަމަށާއި އެ ސަރަހައްދުތަކުން ކަރަންޓުގެ ކެނޑޭނެ ކަމަށް ލަފާކޮށްފައިވަނީ ހެނދުނު 9:30 އިން 11:30 އަށް ކަމަށެވެ.
އަބަދަށްފެހި މަގު، ކަޅުހުރާ މަގު، ގުލޭނޫރަން މަގު، އަމީރު އަހުމަދު މަގުގެ އިތުރުން ސޯސަން މަގު ހިމެނޭ ސަރަހައްދުން ވެސް ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށާއި މި ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑިދާނެ ކަމަށް ބުނެފައިވަނީ 14:00 އިން 16:00 އަށް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ސްޓެލްކޯއިން ހާމަކުރާ ގޮތުގައި މި ސަރަހައްދުތަކުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް ކަމަށެވެ.
މީގެ އިތުރުން މިފަދަ ހާލަތްތަކުގައި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދިފައިވެއެވެ.

