ހުޅަނގު މޫސުމުގެ ވިއްސާރާގައި ބޯކޮށް ވާރޭވެހި މިއަދު 9 ރަށެއްގައި ފެންބޮޑުވެއްޖެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ)އިން "އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ވިއްސާރާގައި ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ކައިރިން ބަލަމުންދާ ކަމަށް ހާމަކޮށްފަައެެވެ. އެގޮތުންް ވައިގަދަވެގެންނާއި ފެންބޮޑުވެގެން މިއަދު ހަވީރު 6 އާ ހަމަޔަށް 9 ރަށަކުން ރިޕޯޓު ކޮށްފައިވާ ކަމަށް ބުނުމާއެކު ރަށްތަކުގެ ލިސްޓެއް އެންޑީއެމްއޭއިން ވަނީ ހިއްސާކޮށްފަ އެވެ.
އެ ރަށްތަަކަކީ:
- ސ. މަރަދު
- ސ. ފޭދޫ
- ސ. ހިތަދޫ
- ގއ. ދެއްވަދޫ،
- ޅ. ނައިފަރު،
- ޅ. ކުރެންދޫ،
- ކުޅުދުއްފުށި ސިޓީ
- ހއ. ބާރަށް
- ހއ. ދިއްދޫ
ކުރިއަށް އޮތް ވަގުތުތަކުގައި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ބަލައި މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ހއ އިން ތ އަތޮޅަށް ރީނދޫ އިންޒާރު ނެރެފަ އެވެ.

