އަދިވެސް އިތުރު އެތަކެއް ސިއްހީ ފައިދާތަކުން މެކަޑޭމިއާ އަކީ އޭގެ ދެވަނައެއް ނުވާފަދަ ބަދަނެކޭ ބުނެވިދާނެއެވެ.

ހިތުގެ ސިއްހަތަށް ބަލާކަމަށް ވާނަމަ މެކަޑޭމިއާ ބަދަނުން ކޮލެސްޓްރޯލް ދަށްކޮށްދެއެެވެ……ފޮޓޯ:އޮސްޓްރޭލިއަންމެކަޑޭމިއަސް
ހިތުގެ ސިއްހަތަށް ބަލާކަމަށް ވާނަމަ މެކަޑޭމިއާ ބަދަނުން ކޮލެސްޓްރޯލް ދަށްކޮށްދެއެެވެ. މެކަޑޭމިއާ ނަޓްސްގައި ހިމެނޭ މޮނޯއަންސެޗުރޭޓެޑް ފެޓްސްގެ ސަބަބުން ނުބައި ކޮލެސްޓްރޯލް (އެލްޑީއެލް) ގެ މިންވަރު ދަށްކޮށް، ރަނގަޅު ކޮލެސްޓްރޯލް (އެޗްޑީއެލް) ގެ މިންވަރު އިތުރުކޮށްދެ އެވެ.
އަދި އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީސް، މިއެންޓިއޮކްސިޑެންޓްސް އާއި އެންޓި-އިންފްލެމެޓަރީ ކޮމްޕައުންޑްސް މެކަޑޭމިއާގައި އެކުލެވިގެންވާއިރު، މިއީ ހިތުގެ ބަލިތަކުގެ ނުރައްކާތެރި ކަމެއް ކަމަށްވާ އިންފްލެމޭޝަން ކުޑަކުރުމަށް އެހީތެރިވެދޭ ބަދަނެއް ކަމަށް ސިއްހީ މާހިރުން ޔަގީންކޮށްދެއެވެ.
ހަށިގަނޑުގެ ބަރުދަން ބެލެހެއްޓުމުގައިވެސް މެކަޑޭމިއާގެ ދައުރު ބޮޑެވެ. އެގޮތުން ފެޓް އަދި ފައިބަރުގެ މިންވަރު މަތިވުމުން އަވަހަށް ބަނޑުފުރިފައި ހުންނަ އިހުސާސް ކުރެވޭތީ، ޖުމްލަ ކެލޮރީ ކެއުން މަދުކޮށްލަދެއެވެ.
މެޓަބޮލިޒަމް ބޫސްޓް ކުރުމުގައި މެކަޑޭމިއާގެ ދައުރު ފުރިހަމައަށް އަދާކުރެއެވެ. އެގޮތުން ސިއްހަތަށް ފައިދާހުރި ފެޓްތަކަކީ މެޓަބޮލިޒަމް ބޫސްޓް ކުރުމަށް އެހީތެރިވެދޭ އެއްޗަކަށް ވާއިރު، ބަރުދަން ބެލެހެއްޓުމަށް އެހީތެރިވެދޭ ބަދަނެއް ކަމަށް މާހިރުން ވަނީ ޔަގީންކޮށްދީފައެވެ.

ޒީނަތްތެރިވާ ގިނަސާމާނުތަކުގައިވެސް މެކަޑޭމިއާ ބަދަނުގެ ތެޔޮ ހިމަނާފައިވޭ……..ފޮޓޯ:އޮސްޓްރޭލިއަންމެކަޑޭމިއަސް
ހަމައެހެންމެ ލޭގެ ހަކުރު ކޮންޓްރޯލްކުރުމާއެކު މަކަޑޭމިއާ ނަޓްސް އަކީ ގްލައިސެމިކް އިންޑެކްސް ދަށް ކަމުން ހަކުރުބަލި ހުންނަ މީހުންނަށް ނުވަތަ ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލް ކުރަން ބޭނުންވާ މީހުންނަށް ރަނގަޅު ބަދަނެކެވެ.
ނިއުޓްރިއެންޓް މުއްސަނދި މެކަޑޭމިއާގައި ސިއްހަތަށް ފައިދާހުރި ފެޓްސް، ފައިބަރ، އަދި ޕްރޮޓީން އެއްކޮށްގެން ލޭގައި ހަކުރުގެ މިންވަރު ހަމައަކަށް އެޅުވުމަށް އެހީތެރިވެދޭނެއެވެ.

މެކަޑޭމިއާގެ ބަަޓަރކްރީމީ ރަހަ އެންމެ ވައްތަރީ ދިވެހި ކަނަމަދުގެ ރަހައާ……….ފޮޓޯ:އޮސްޓްރޭލިއަންމެކަޑޭމިއަސް
ސިކުނޑީގެ ސިއްހަތަށް ބަލާއިރުގައިވެސް މެކަޑޭމިއާގެ ފައިދާ ކުޑައެއް ނޫނެވެ. އެގޮތުން ނިއުރޯޕްރޮޓެކްޓިވް އިފެކްޓްސް ނުވަތަ މެކަޑޭމިއާ ނަޓްސްގައި ހިމެނޭ އެންޓިއޮކްސިޑެންޓްސް ކަމަށްވާ ޓޮކޯޓްރިއެނޯލްސް އަކީ ސިކުނޑީގެ ސެލްތައް އޮކްސިޑޭޓިވް ސްޓްރެސް އިން ރައްކާތެރިކޮށްދޭ އެއްޗެއް ކަމަށް ސިއްހީ ލަފާދޭ މާހިރުން ބުނެފައިވެއެވެ. ހަމައެހެންމެ ދިރާސާ ތަކުން ދައްކާ ގޮތުގައި ނިއުރޯޑިޖެނެރޭޓިވް ބަލިތަކުގެ ނުރައްކާ ކުޑަކޮށްދެއެވެ.
ކޮގްނިޓިވް ފަންކްޝަން، ސިއްހަތަށް ފައިދާހުރި ފެޓްތަކުން ސިކުނޑީގެ މަސައްކަތްތަކާއި ކޮގްނިޓިވް ހެލްތަށް އެހީތެރިވެދެއެވެ.

ރަހަމީރު ކާތަކެތި އުފެއްދުމަށް މެކަޑޭމިއާ ވަރެއް ހަމަނެތް، މިއީ މެކަޑޭމިއަން ޓާޓް…..ފޮޓޯ:އޮސްޓްރޭލިއަންމެކަޑޭމިއަސް
މިހުރިހާ ކަމަކާއެކު ހަމުގެ ސިއްހަތަށްވެސް މެކަޑޭމިއާއަކީ ފުރިހަމަ އެހީތެރިއެކެވެ. "މޮއިސްޗަރައިޒިންގ ޕްރޮޕަޓީސް" މެކަޑޭމިއާ ނަޓްސް އިން ނަގާ ތެލަކީ މޮއިސްޗަރައިޒިންގ އަދި އެންޓި އެޖިންގ ޕްރޮޕަޓީސް ގެ ސަބަބުން ހަންގަނޑަށް ފަރުވާ ދިނުމުގެ އުފެއްދުންތަކުގައި ގިނައިން ބޭނުންކުރާ ތެލެކެވެ.
"އެންޓިއޮކްސިޑެންޓްސް" އެންޓިއޮކްސިޑެންޓްސްގެ ސަަނޖ ފްރީ ރެޑިކަލްސްގެ ސަބަބުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެއެވެ.
ދެން މިއޮތީ ކަށީގެ ސިއްހަތަށް މެކަޑޭމިއާގެ ދައުރެވެ. މެކަޑޭމިއާ ބަދަނުގައި" މިނަރަލް ކޮންޓެންޓް"، ނުވަތަ ކެލްސިއަމް، މެގްނީޒިއަމް، އަދި ފޮސްފަރަސް ފަދަ މުހިއްމު މައުދަންތައް އެކުލެވިގެންވާއިރު، މިއީ ކަށިތައް ވަރުގަދަ އަދި ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް މުހިއްމު މާއްދާތަކެކެވެ.

މަޝްހޫރު އަނބުމެކަޑޭމިއާ ސެލެޑް، މީރު ސިއްހަތަށް ހާހުންފައިދާހުރި……ފޮޓޯ:އޮސްޓްރޭލިއަންމެކަޑޭމިއަސް
- މެކަޑޭމިއާ ބަދަން އެކި ގޮތްގޮތަށް ތައްޔާރުކޮށްގެން ކެއުމުގައި ބޭނުން ކުރެވިދާނެއެވެ.
- ސްނެކް އެއްގެ ގޮތުގައި މެކަޑޭމިއާ ކެވިދާނެއެވެ. އެގޮތަކީ މިއީ ސިއްހަތަށް ފައިދާހުރި ލުއި ކާނާއެއްގެ ގޮތުގައި ރޯކޮށް ނުވަތަ ރޯސްޓްކޮށް ކާލެވިދާނެއެވެ.
- އަދި ކުކީސް، ކޭކު، އަދި އެހެނިހެން ފިހެފައިވާ މިފަދަ ތަކެތީގައި ހިމަނައިގެންވެސް މީރުކޮށް ކެވިދާނެއެވެ.
- މެކަޑޭމިއާ އިން ތައްޔާރުކޮށްފައިވާ ބަޓަރ ނުވަތަ ތެލަކީވެސް ފައިދާ ހުރި ބާވަތެލެވެ.
- ސެލެޑްސް އެންޑް ޑިޝްސް: މިއީ ސެލެޑް، ސްޓާ-ފްރައިސް، އަދި އެހެނިހެން ކެއުންތަކަށް އެޅިގެން ޓެކްސްޗާ އާއި ރަހަ އިތުރު ކުރުމަށްވެސް މެކަޑޭމިއާ ބަދަން ޭމުން ކުރެވިދާނެއެެވެ.

ތަފާތުވައްތަރުގެ ކާތަކެތި ތައްޔާރުކޮށްގެންވެސް ކެވިދާނެ، މެކަޑޭމިއާގެ ރަހައެހާވެސް މީރު……ފޮޓޯ:އޮސްޓްރޭލިއަންމެކަޑޭމިއަސް
މެކަޑޭމިއާ ނަޓްސް ކެއުމުގައި ހިމެނުމަކީ ހިތުގެ ސިއްހަތު ރަނގަޅު ކުރުމުން ފެށިގެން ސިކުނޑީގެ މަސައްކަތްތަކަށް އެހީތެރިވުމާ ހަމައަށް ގިނަ ސިއްހީ ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ. އެހެންނަމަވެސް އެއީ ކެލޮރީ ގިނަ އެއްޗެހި ކަމުން ބެލެންސްޑް ޑައިޓެއްގެ ތެރެއިން މެދުމިނުގައި ބޭނުންކުރުން މުހިންމެވެ. އަބަދުވެސް ދިމާވެދާނެ އެއްވެސް އެލާޖީއަކަށް ވިސްނައި، ސިއްހީ ގޮތުން ވަކި ކަންބޮޑުވުންތަކެއް ހުރިނަމަ ސިއްހީ ހިދުމަތްދޭ ފަރާތަކާ މަޝްވަރާ ކުރާށެވެ.

ކެލޮރީ ގިނަ އެއްޗެހި ކަމުން ބެލެންސްޑް ޑައިޓެއްގެ ތެރެއިން މެދުމިނުގައި ބޭނުންކުރުން މުހިންމެވެ………ފޮޓޯ:އޮސްޓްރޭލިއަންމެކަޑޭމިއަސް
އަދުގެ ހާލަތަށް ބަލާކަމަށްވާނަމަ މިފަދަ ސިއްހަތަށް ފައިދާ ހުރި ބާވަތްތައް ބާޒާރުގައި އަތްފޯރާ ފަށަށްވުރެ މާބޮޑަށްވެސް އަގުމަތިކަމަށް ވުމަކީ ކިތަންމެހާވެސް ހިތާމަހުރި ކަމެކެވެ. މިފަދަ ސިއްހަތަށް ބޭނުން ހުރި ތަކެތި ކުޑައަގެއްގައި ލިބޭނެ މަގެއް ފަހިކޮށްދެއްވުމަކީ ރާއްޖެއަށް މިފަދަ ބާވަތްތައް އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކުގެ ޒިންމާއެއްކަމަށް ދެކެމެވެ. އަދި އެފަރާތްތަކާއި ސަރުކާރާ ދެމެދު ކޮންމެވެސް ގޮތަކުން ވާހަކަދެކެވިގެން ނަމަވެސް ހައްލެއް ހޯދުމުން މިފަދަ ތަކެތި ބޭނުންކޮށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ދިވެހިންނަށް މަގުފަހިވެގެންދާނެކަން ޔަގީނެވެ.