މާލޭ ސްކޫލަކަށް ވަދެ، ޓީޗަރުންނަށް ބިރުދެއްކިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބެލެނިވެރިޔަކު 30 ދުވަހަށް ބަންދުކޮށްފިއެވެ.
މާލޭ ސުކޫލަކަށް މިދިޔަ ހަފުތާގެ ހޯމަދުވަހު ހެނދުނު އެސުކޫލުގެ ބެލެނިވެރިއަކު ވަދެ ދަރިވަރުންގެ ކުރިމަތީގައި ޓީޗަރުންނަށް ބިރުދެއްކި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އުމުރުން 41 އަހަރުގެ މިފިރިހެން މީހާ ވަނީ އޭގެ އަނެއްދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ސުކޫލުގެ މުވައްޒަފުންނާ ޒުވާބުކޮށް ބިރު ދައްކާފައިވާތީވެ، އެ މައްސަލައިގައި ފުލުހުންގެ ހައްޔަރުން ކޯޓަށް ގެންގޮސް މުއްދަތުކޮމިޓީއިން 30 ދުވަހު ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ކޯޓު އަމުރުތަކުން މިމީހާ ހައްޔަރުކޮށްފައި ވަނީ އެ ސްކޫލްގެ ކްލަސްރޫމްތަކަށް ވަދެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައިކަމަށް ބުނި ނަމަވެސް އޭނާ އެކަން ކުރީ ކޮން ކަމަކާ ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ވީ ކިހިނެއް؟ – މިދިޔަ ހަފްތާގެ ހޯމަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ތަފްސީލު – ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ އެ ސްކޫލްގެ ކްލަސްރޫމްތަކަށް ވަދެ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގަ އެވެ. އޭނާ އެކަން ކުރީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ. ނަމަވެސް ފުލުހުން ބުނިގޮތުގައި އޭނާ:
ކުދިން ކުރިމަތީގައި ޓީޗަރުންނަށް ބިރުދައްކާފައިވޭ
ސްކޫލްގެ މުވައްޒަފުންނާ ޒުވާބުކޮށް، ބިރުދައްކާފައިވޭ
މުވައްޒަފުންނަށް ބިރުދެއްކި ނަމަވެސް އެއްވެސް މީހެއްގެ ގައިގައި އަތްލާފައެއް ނުވޭ
ފާހަގަކޮށްލެވޭ – އޭނާއަކީ ބިރުދެއްކުމުގެ މައްސަލަތަކެއްގައި ކުށުގެ ރިކޯޑް އޮންނަ މީހެކެވެ. އަދި މި އަމަލު ހިންގާފައި ވަނީ ސްކޫލެއްގެ ތެރޭގައި ކުޑަކުދިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އެކަމަށް އެއްވެސް ފަރުވާލެއް ނުހައްޓާކަން ވެސް ބަންދު އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
އެކަންކަމަށް ރިއާޔަތްކުރައްވައި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއީލް ޝަފީއު އަމުރުކުރެއްވީ އޭނާ 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.

