މޫސުމާ ބެހޭ ގައުމީ އިދާރާއިން ކ އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށް އޮރެންގް ސަމާލު ނެރެފިއެވެ.
އެއިދާރާއިން އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ 14:15 އިން ފެށިގެން 18:15 އަށެވެ. ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގަޑިއަކު 25 މޭލާއި 30 މޭލުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދިވެސް އެ އިދާރާއިން ލަފާކުރާ ގޮތުގައި ކަނޑުތައް ވެސް ވަރަށް ގަދަވާނެއެވެ. ކ އަތޮޅުން ފެށިގެން އަދ އަށް އޮރެންޖް ސަމާލު ނެރުނު އިރު މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.
މޫސުމާ ބެހޭ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވާ އަތޮޅުތަކަކީ:
-ހދ. އަތޮޅު
-އއ. އަތޮޅު
-ށ. އަތޮޅު
-ނ.އަތޮޅު
-ރ. އަތޮޅު
-ބ އަތޮޅު
-ޅ. އަތޮޅު
-ކ. އަތޮޅު
-ވ. އަތޮޅު
-އއ. އަތޮޅޫ
-އދ. އަތޮޅު
މޫސުމާއި ބެހޭ އިދާރާއިން ރާއްޖޭގެ ބޮޑުބަޔަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު ރާއްޖެއަށް މި ކުރާ ވިއްސާރައިގައި 9 ރަށަކުން ވައިގަދަވެގެންނާއި ފެންބޮޑުވެގެން ރިޕޯޓު ކޮށްފައިވާ ކަމަށާއި ނަމަވެސް މިއިން އެއްވެސް ރަށެއްގެ އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ފަދަ ހާލަތެއް ކުރިމަތިނުވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

