މޫސުން ގޯސްވެ ޝެޑިއުލް ފްލައިޓްތައް ޑިލޭ ވެދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެ ކުންފުނިން އެކްސްގައި ޕޯސްޓެއް ކޮށްފައިވާއިރު އެ ޕޯސްޓުގައި ބުނެފައިވަނީ މޫސުން ގޯސްވުމާ ގުޅިގެން ޝެޑިއުލް ފްލައިޓްތައް ޑިލޭވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެއާޕޯޓަށް ދާއިރު އިތުރަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރާ ކަމަށް އިލްތިމާސް ކުރާ ކަމަށެވެ. އެގޮތުން ރެއިންކޯޓްތައް ޕެކްކޮށް، ކުރިއަށް ޕްލޭންކޮށް، ރައްކާތެރިކަމާއެކު ދަތުރުކުރުމަށް އިލްތިމާސް ކުރާކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ޝެޑިއުލް ފްލައިޓްތައް ޑިލޭވެދާނެކަމަށް އެމްއޭސީއެލުން ބުނެފައިވާއިރު މޫސުން ގޯސްވުމުގެ ސަބަބުން ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފައިވެއެވެ. މި ސަމާލު ނެރެފައިވަނީ 17:00 އިިން ފެށިގެން 21:00 އަށެވެ.
މި އެލާޓު ނެރިފައިވާ އަތޮޅުތަކަކީ:
- -ހއ. އަތޮޅު
- ހދ. އަތޮޅު
- -ށ. އަތޮޅު
- -ނ. އަތޮޅު
- -ރ. އަތޮޅު
- ބ. އަތޮޅު
- ޅ. އަތޮޅު
- ކ. އަތޮޅު
- އއ. އަތޮޅު
- އދ. އަތޮޅު
- ވ. އަތޮޅު
- ފ. އަތޮޅު
- ދ. އަތޮޅު
- މ. އަތޮޅު
- ތ.އަތޮޅު
- ލ. އަތޮޅު
ރާއްޖެއަށް މި ކުރާ ވިއްސާރައިގައި ބައެއް ރަށްރަށުގެ ފެންބޮޑުވެފައިވެއެވެ. އެ ގޮތުން ފެންބޮޑުވެ ގެއްލުން ލިބުނު ހޯރަފުށީ 6 ގެެއެއްގެ މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފައިވެއެވެ. މާލޭގައިވެސް ފެންބޮޑުވެ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.

