ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކުރުމަށް ރައީސް މުއިއްޒު ޚާއްސަ ޓާސްކް ފޯސްއެއް އުފައްދަވައިފި އެވެެ.
ރައީސް އޮގީހުގެ ތަރުޖަމާނު ހީނާ ވަލީދު ދާދި ދެންމެ އަކު ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޢާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ޙައްލު ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ޓާސްކް ފޯސްއެއް އުފައްދަވާފައިވާ ކަމަށެވެެ.
އެގޮތުން މި ޓާސްކްފޯސް ޗެއަރ ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މިޓާސްކްފޯސްގައި ދެން ހިމެނި ވަޑައިގަންނަވަނީ
މުޙައްމަދު ޣައްސާން މައުމޫން – މިނިސްޓަރ އޮފް ޑިފެންސް
ޢަލީ އިޙްސާން – މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ޑރ. އިސްމާޢީލް ޝަފީޢު – މިނިސްޓަރ އޮފް އެޑިޔުކޭޝަން
ޑރ. ޢަބްދުﷲ ޚަލީލު – މިނިސްޓަރ އޮފް ހެލްތް
ޠާރިޤް އިބްރާހީމް – މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
އާދަމް ޝަރީފް ޢުމަރު – މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް
ޢަބްދުﷲ ފަޔާޟް – ޗީފް އޮފް ސްޓާފް
ޗީޕް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ
ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.
މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މާލެވެސް ވަނީ ފެނު އަޑީގައެވެ. ރާއްޖެތެރޭ ރަށްރަށުގައިވެސް ފެންބޮޑުވެ ގެތަކަށް ފެންވަދެ މުދާ ހަލާކުވަމުންދާ ކަމުގެ ޝަކުވާތައް ކައުންސިލްތަކަށް ދަނީ ލިބެމުންނެވެ.
ކުރިޔަށް އޮތް ދުވަސްތަކުގައި މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ މެޓުން ވަނީ ލަފާކޮށްފައެވެ.

