އިސްލާމިކް މިނިސްޓްރީން މި މަހު ފަށަން ތައްޔާރުވެފައިވާ މާހާސިންތާ އޮންނާނެ ފުރަތަމަ ތާރީހެއްގެ ގޮތުން ބުނެފައިވަނީ މި މަހުގެ 24 ވަނަ ދުވަހެވެ. އަދި ފުރަތަމަ މަހާސިންތާ އަލިއަޅުވާލާނީ އިލްމުވެރިންގެ މާހާސިންތާގެ ގޮތުގައި ކަމަށާއި، ސެޕްޓެމްބަރު 4 ގައި ބާއްވާނީ ޖަމިއްޔާ ތަކާގުޅޭ ގޮތުން މައުލޫމާތު ދިނުމުގެ މަހާސިންތާ ކަމަށް ވެސް ބުނެފައި ވެއެވެ.މި މަހާސިންތާގައި ރާއްޖޭން ބޭރުގެ އިލްމުވެރިން ބައިވެރިވެ ވަޑައިގެންނަވާނެ ކަަމަށާއި އެގޮތުން ޢިލްމުވެރިންގެ މަހާސިންތާ 2024 ގައި ބައިވެރިވެ ވަޑައިގަންނަވާ ރާއްޖޭން ބޭރުގެ ޚާއްސަ މެހެމާނުންނަކީ ޕްރޮފެސަރ ޑރ. ޙަމްދާން ބުން ބުރައިކް އައްސުލަމީ، މަސްޖިދުލްޙަރާމްގެ ފަތުވާކޮމިޓީގެ މެންބަރު އާއި، ޑރ. ފަހުދު ބުނު ނާޞިރު އަލްޤަރުނީ ސީއީއޯ، ޖަމްޢިއްޔަތު ވުފޫދުލްޙަރަމް ކަމަށެވެ.އަދި މި މަހު 21 ގައި އިމާމުންގެ މަހާސިންތާ ބާއްވާނެ ކަމަށްވެސް ބުނެފައި ވެއެވެ.4 މަހަށް ބަހާލާއިގެން ކުރިއަށްގެންދާ މި މާހާސިންތާގައި ޒަކާތާއި ބެހޭ ބައި ކުރިއަށްދާނެ ކަމަށާއި، އެގޮތުން 26 އޮގަސްޓްގައި ކުރިއަށްދާނީ ޒަކާތާއި ބެހޭ ބައި ކަމަށެވެ. އަދި ހައްޖާއި އުމްރާ އާއި ގުޅޭ މަހާސިންތާ ކުރިއަށްދާނީވެސް އޮކްޓޯމްބަރުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މަހާސިންތާތައް ރޭވިފައިވާ ގޮތުން ނިންމާލުން އޮންނާނީ ނޮވެމްބަރު މަހުގައި ބާއްވާ މަހާސިންތާއިން ކަމަށްވެސް ބުނެފައި ވެއެވެ. އެއީ އެންމެފަހުން ބާއްވާ ފަތުވާ މަޖުލިސްއާއި ގުޅޭ މަހާސިންތާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.