ވ. އަތޮޅާއި، މ. އަތޮޅުގައި އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ވ. އަތޮޅާއި މ. އަތޮޅުގައި މިހާޜު ކުރިއަށްދާ މި ޕްރޮގްރާމުގައި އެ 2 އަތޮޅުގެ 49 އިމާމުން ބައިވެރިވާ ކަމަށެެވެ. މިއީ ރާއްޖޭގެ ހުރިހައި އިމާމުން ތާޒާކުރުމަށް މިއަހަރު ފަށާފައިވާ ޤަައުމީ ފެންވަރުގެ މަޝްރޫއެއްކަމަށާއި، މިހާތަނަށް މީގެ ދަށުން 100 އަށް ވުރެ ގިނަ އިމާމުން ތާޒާކުރެވިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މުޅި ރާއްޖޭގައި 700 އެއްހާ އިމާމުން އުޅޭ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން އެންމެން ތާޒާކޮށް ނިމޭނެ ކަމަށެވެ.
އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން މިއަހަރުގެ ތެރޭ ހުރިހާ އިމާމުން ތަމްރީންކޮށް ނިންމުމަކީ އަމާޒެއްކަމަށް ވެސް ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވަނީ އިމާމުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢު އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވެފައެވެ.
އިމާމުން ތަމްރީންކުރުމުގެ ޕްރޮގްރާމަކީ ފައުންޑޭޝަން އަދި ޑިޕްލޮމާ ކޯސްތަކުގައި ކިޔަވައިދޭ މިންވަރަށް ވަރަށްވުރެ ފުރިހަމަ ޢިލްމީ މަޢުލޫމާތުތައް އިމާމުންނަށް ފޯރުކޮށްދޭނެ ޕްރޮގުރާމްއެއް ކަމަށާއި، އިލްމީގޮތުން ފުންނާބު އުސް ވަރުގަދަ އިމާމުންތަކެއް ރާއްޖޭގައި އުފެއްދުމުގެ ބޭނުމުގައި ކުރިއަށްދާ ޕްރޮގުރާމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

