ޕާކިސްތާނުގެ މިނިވަންދުވަސް ފާހަގަކުރުމަށްޓަކައި ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީގައި ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މިރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 8:15 ގައި ޕާކިސްތާން އެމްބަސީގައެވެ.
ޕާކިސްތާނުގެ މިނިވަންދުވަސް ރާއްޖޭގައި ހުންނަ ޕާކިސްތާން އެމްބަސީން ކޮންމެ އަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރެއެވެ. އެގޮތުން މިނިވަންދުވަހުގެ ހަރަކާތްތަށް ފަށާފައިވަނީ އެމްބަސީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ދިދަ ނަންގަވާދެއްވާފައިވަނީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނު ސަފީރުއެވެ.

ޕާކިސްތާނުގެ މިނިވަންދުވަސްފާހަގަކުރުމުގެ ތެެރެއިން
ޕާކިސްތާނު މިނިވަން ދައުލަތަކަށް ވެފައިވަނީ 1946 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން އިންޑިއާ މިނިވަން ވާން އުޅުނު އިރު، އިންޑިއާގެ މުސްލިމުން ވަކި މުސްލިމު ދައުލަތެއް ބޭނުންވުމުގެ ސަބަބުން، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން ފާސްކުރި، އިންޑިއާއަށް މިނިވަންކަން ދިނުމާ ބެހޭ ޤާނޫނުގެ ދަށުން ޕާކިސްތާނާއި އިންޑިއާ ވަކި މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެންނެވެ.

ޕާކިސްތާނުގެ މިނިވަންދުވަސް ފާހަގަ ކުރުމުގެ ތެރެއިން
އެގޮތުން ޕާކިސްތާނުގެ މިނިވަން ދުވަހުގެ ގޮތުގައި 1947 ވަނަ އަހަރުގެ 14 ވަނަ ދުވަސް ހަމަޖެއްސި އިރު، އެ މަހުގެ 15 ވަނަ ދުވަހަކީ އިންޑިއާގެ މިނިވަންދުވަހުގެ ގޮތުގައި ކަނޑައެޅިއެވެ.
މިއަދުގެ މުނާސަބާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެސް ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.

