ކަސްޓަމްސް ކައިރީގައި ހުރި ގެއަކުން ވެއްޓު މީހާ ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަދު މާލޭގައި ގެ އެއްގެ މަތިން ވެއްޓި މީހަކު ނިޔާވި ހާދިސާ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.
” އެ އެމީހާ ނިޔާވުމުން އާއިލާއަށް ލިބިފައިވާ ހިތާމައިގެ މި ދަނޑިވަޅުގައި، އާއިލާގެ އިހުސާސްތަކަށް އިހުތިރާމުކޮށް، ނިޔާވި މީހާގެ ފޮޓޯ އާއި ހާދިސާގެ މަންޒަރުތައް މީސްމީޑިއާގެ ވަސީލަތްތަކަުގައި ދައުރު ނުކުރުމަށް އިލްތިމާސް ކުރަން” ފުލުހުން
ދައުރުވަމުންދާ ވީޑިއޯއިންވެސް ފެންނަމުންދަނީ މިހަކު ގެއެއްގެ މަތިން ވެއްޓިގެންދާ މަންޒަރެވެ. އަދި އެތަނުގައި އެވަގުތު ތިބ ބަޔަކު އެމީހާ ވެހިކަލަކަށް ލައިގެންދާ މަންޒަރުވެސް ފެނެއެވެ. އަދި މި ހާދިސާގެ އެއްވެސް ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

