ގައިންގަޔަށް އަރާ ބައްޔެއް ކަމަށްވާ މަންކީޕޮކްސް ފެތުރެމުންދާތީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކާ އިއުލާނުކޮށްފިއެވެ.
ރިޕޯޓްތައް ބުނާގޮތުން މަންކީޕޮކްސްގެ ނަމުން ނަން ދީފައިވާ އެމްޕޮކްސް، ޑީއާރުސީ ހިމެނޭ ގޮތަށް އެފްރިކާގެ 13 ގައުމެއްގައި މި ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުން އެބަދެއެވެ. އެ ގައުމުން 14،000 މީހުން މިހާރުވެސް ޕޮޒިޓިވްވެ 524 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިއީ ފާއިތުވި ތިން އަހަރުގެ ތެރޭގައި އެމްޕޮކްސް އިމަޖެންސީ ހާލަތަށް ދިޔަ ދެވަނަ ފަހަރެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުދަ ދުވަހު ވަނީ އެފްރިކާގައި މިހާރު ފެތުރެމުންދާ އެމްޕޮކްސް ރޯގާއަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.
ޑަބްލިއުއެޗްއޯއިން ވަނީ މި ބަލި އެފްރިކާގެ ހަތަރު ގައުމަކަށް ފޯރާފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ބަލީގެ އަލާމްތަކުގެ ތެރޭގައި ހިމެނެނީ:
ހުން އައުމާއި، މުޅިގައިގައި ރިއްސުމާއި، ބޮލުގައި އާދަޔާ ޙިލާފަށް ރިއްސުމާއި، ބުރަކަށީގައި ރިއްސުމާއި، ވަރުބަލިކަން އިހުސާސްވެފައި ހުރުމެވެ.

