ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތައް ދެނެގަތުގެ މަސައްކަތް ފަށައިފިއެވެ.
ނޭޝަނަލް ޑިޒާރސްޓާރ މެނޭޖް އޮތޯރިޓީން ބުނީ ވިއްސާރައާއި ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އެން.ޑީ.އެމް.އޭގެ އިން މިގެންދަނީ ފޯރުކޮށްދެމުން ކަމަށެވެ.
އަދި ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް މިއަދު ބަލްން ނިންމާފައިވާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ޢާއްމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ބުރޫ އަރާފައިވާތީ، ވިއްސާރައާއި ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ޙައްލު ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ޓާސްކް ފޯސްއެއް ވެސް ވަނީ އުފައްދަވާފައެވެ.
މިހާރުގެ ހާލަތާއި އަދި ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވަމުންދާ ކަންކަމަށް އަވަސް ހައްލު ހޯދައިދެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުންވެސް ކުރިއަށްއޮތް ގަޑިތަކުގައި ވިއްސާރަވެއްޖެނަމަ މަގުތަކުން ފެންހިންދުމަށާއި އަދި އާއްމު ރައްޔިތުން އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި ތައްޔާރީ ހާލަތެއްގައި އޮތުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.

