ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުމުވުމަށް ސިލްސިލާ ފޯރަމްތަކެއް ބާއްވަން ނިންމަވާފައިވާ ކަމަަށް އިސްލާމިކް މިިނިސްޓްރީން ބުނެފިއެވެ.
އިިސްލާމިކް މިނިސްޓްރީން ބުނީ އެ ފޯރަމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ “މަވައްދަތު” ނަމުގަ ކަމަށެވެ. އެ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.
“ކައިވެނީގެ ކުރިން” މި މަޢުޟޫއުއަށް ފޯރަމްގައި މަޢުލޫމާތު ދެއްވާނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

