ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނާއި ގުޅިގެން ފީ ދައްކަމުން އަންނަ ކުންފުނިތަކުގެ އިތުރު ލިސްޓެއް ހޯމްލޭންޑް މިނިސްޓްރީން އާންމު ކޮށްފިއެވެ.
ބިދޭސީންނާ ގުޅިގެން ދައްކަންޖެހޭ ފީތަކާއި ޖޫރިމަނާ އެއްލައްކައަށްވުރެ މައްޗަށް އަރާފައިވާ ފަރާތްތަކުގެ ލިސްޓެއް މިދިޔަ ޖުލައި މަހުގެ 24ވަނަ ދުވަހު ވެސް އެ މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
ޖުލައި މަހު އާންމުކޮށްފައިވާ އެ އިއުލާނާއެކު ބުނެފައިވަނީ ފީ ދައްކަންޖެހޭ ބޮޑެތި ކުންފުނިތައް ތިބި ކަމުގައިވިޔަސް ފީ ދައްކަމުން ނުދާ ކަމަށެވެ. ނަމަވެސް ރޭ އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިހާރު ގަވާއިދުން ދައުލަތަށް ދައްކަންޖެހޭފީތައް އެކްސްޕެކްޓް ސިސްޓަމް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތްތަކުން ދައުލަތައް ދައްކަންޖެހޭ ފީތައް ދައްކަމުންދާ ކަމަށެވެ.
މީގެ އިތުރުން ފާހަގަކޮށްފައިވަނީ އެ ލިސްޓުގައި ހިމެނޭ 20 ކުންފުންޏަކުން ގަވާއިދުން ފީ ދައްކަމުންދާ ކަމަށެވެ. އެގޮތުން ފީ ދައްކަމުންދާ ކުންފިނިތައް ކަމަށް ލިސްޓްގައި ފާހަގަކޮށްފައިވަނީ އެލިއާ ކޮންސްޓްރަކްޝަން އާއި، އަންގިރި ރެސޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސްއާއި، ބްރެނިއާ މޯލްޑިވްސް، އަދި ޗިކާނޯ އިންވެސްޓްމަންޓާއި، އީސްޓް ކޯސްޓް އިންވެސްޓްމަންޓްގެ އިތުރުން ގޭޖް ޕްރައިވެޓް ލިމިޓެޑްއާއި، ހެވީ ފޯސް، ހޮރައިޒަން ފިޝަރީޒްއާއި، އިންޓަރނޭޝަނަލް ބެވަރެޖެސް ކޮމްޕެނީއާއި، މަހޯގަނީ، ޕެސްޓް އެކްސް މޯލްޑިވްސް އެވެ.
އަދިވެސް އިތުރު ކުންފުނިތައް ހުރި އިރު ޕްރެސްޓައިން އައިލެންޑްސް އާއި، އިންވެސްޓްމަންޓް (މޯލްޑިވްސް)، ރެޑް ވޭވް، އާއި، ރެނާޓަސް ޕްރޮޖެކްޓްސް، ސީގަލް ގްރޫޕް، އެސްކޭ މޯލްޑިވްސް، ދަ ހޯކްސް، ޔުނިވަރސަލް، އެންޓަޕްރައިސަސް، ވިލާ ހަކަތަ، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީ ންވެސް މިހާރު ފީ ދައްކާފައިވާ ކަމަށެވެ.
ޖުލައި މަހުގެ 24ވަނަ ދުވަހު ކުރި އިއުލާނަށްފަހު ކުރިން ފީ ނުދައްކާ ކުންފުނިތަކުންވެސް މިހާރު ގަވައިދުން ފީ ދައްކަމުންދާ ކަމަށް މިނިސްޓްރީން ވަނީ ހާމަ ކޮށްފައެވެ.

