ކެއްކުމަށް އެކި ސާމާނު ބޭނުންކުރުމަށްފަހު އަތުގައި ވަރަށް ގަދައަށް ވަސް ހިފާ ފަހަރު އާދެއެވެ. އެކަމަށް އެކި މީހުންއެކި މަސައްކަތް ކޮށްގެންވެސް ވަސްނުފިލާތީ ކަންބޮޑުންތައް ހުރެއެވެ. މިއީ ދެންވަރަށް ދެރަ ކަމެއް، މިއަދު އަތުން ވަހެއްވެސް ނުފުލި މިހެންބުނާ ފަހަރު އާދެއެވެ.
މިއޮތީ ކެއްކުމަށްފަހު އަތުން ކާތަކެތީގެ ވަސް ފިލުވުމަށް ހައްލެކެވެ.
އައޮޑިން ލޮނު ބޭނުންކޮށްގެން ކުޑަކުޑަކަމަކުން ހައްލު ލިބިދާނެ ގޮތެކެވެ. އަޖުމަ ބަލާލަމާ ހިނގާ!
މިހާރު ކިޔައިދޭން މިއުޅެނީ މަކަމަށް އޮތް އެންމެ ރަނގަޅު ހައްލެވެ. މިކަމަށް އައޮޑިން ލޮނު ވަރެއް ނެތެވެ. އަދި މިރުސް ބޭނުންކޮށްގެން ކުޅި ވެއްޖެނަމަވެސް އައޮޑިން ލޮނު ބޭނުން ކުރުމުންވެސް ދިލަ އެއްކޮށް ކެނޑިގެންދެއެވެ.
ފިޔާ، ކުކުޅު ނުވަތަ މަސް ކެނޑުމަށްފަހު އަތުގެ ވަސް ހުންނާނެކަން ޔަގީނެެވެ. ލޮނު ކޮޅެއް ފެނުތެރެއަށް ލުމަށްފަހު އަތް ދޮވެލާށެވެ. ދެން އިތުރު ވަހެއް ނުހުންނާނެއެވެ.
އަތްތިލައިން މިރުސް ހޭކުމަށްފަހު ދިލަ ހޫނު ނުފިލާނަމަ ދިލައިގެ އިހުސާސް ނުކުރުމަށްޓަކައި ލޮނާއި ތަރުކާރީ ތެޔޮ ނުވަތަ ރަތްތެޔޮ އަޅައިގެން ދޮވެލަންވީއެވެ.
އަނގަޔަށް ލޮނުކޮޅެއް އަޅާ ދިރުވާލުމުންވެސް މިރުހުގެ ހޫނުކަން ފިލައިގެންދާނެއެވެ.

