ހުނަރުވެރި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ނިޔާވެއްޖެއެވެ.
ޒާހިރު ނިޔާވެފައިވަނީ އުމުރުން 76 އަހަރުގަ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލުގައެވެ. ޒާހިރު ނިޔާވީ ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ފަތިހު 4:30 ގައެވެ.
ޒާހިރަކީ ރާއްޖޭގައި ވިޔަފާރީގެ އެކި ބާވަތްތައް މާކެޓަށްނެރެ ވިޔަފާރި ވަރަށްބޮޑަށް ފުޅާދާއިރާއެއްގައި ކުރައްވާފައިވާ ފަރާތެކެވެ. ޒާހިރަށްވަނީ މަސައްކަތްތެރިކަމުގެ ރޮނގުން 1993 އަހަރު ޤައުމީ އިނާމުވެސް ލިބިލައްވާފައެވެ.

