ރާއްޖެއަށް މި ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެއަށް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާިން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފައިވާއިރު އެ އިދާރާއިން ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައެވެ.
ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ރީނދޫ ސަމާލު ނެރެފައިވާ ވަގުތަކީ 08:00 އިން ފެށިގެން 13:00 އެވެ. މި ސަރަހައްދަށް ބޯކޮށް ވާރޭ ވެހި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް އެއިދާރާއިން ލަފާކުރެއެވެ.
ރީނދޫ ސަމާލު ނެރެފައިވާ އަތޮޅުތަކަކީ:
– ހއ.އަތޮޅު
– ހދ. އަތޮޅު
-ށ. އަތޮޅު
-ނ. އަތޮޅު
– ރ. އަތޮޅު
– ބ.އަތޮޅު
-ޅ. އަތޮޅު
-ކ. އަތޮޅު
– އއ. އަތޮޅު
– އދ. އަތޮޅު
-ވ. އަތޮޅު
-މ.އަތޮޅު
– ފ. އަތޮޅު
-ދ. އަތޮޅު
-ތ.އަތޮޅޫ
ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތަކީ:06:30 އިން ފެށިގެން 12:30 އެވެ. މި ވަގުތުގައި މި ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެ ކަމަށާއި ގުގުރައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާ ކުރެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ދަތުރުފަތުރު ކުރާ ފަރާތްތައް ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސް ކޮށްފައިވެއެވެ.
ރާއްޖެއަށް މި ކުރާ ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ އާންމުންގެ މުދަލާއި ތަކެއްޗަށް ގެއްލުން ލިބިފައިވެއެވެ. މި ގޮތަށް ވިއްސާރައިގެ ސަބަބުން ގެތަކަށް ލިބުނު ގެއްލުމުގެ ޑެމޭޖު އެސެސްމަންޓް ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭއިން ވަނީ ފަށާފައެވެ.

