ލ. ގަން ތުޑި އަވަށު ވިލާ ގެއިން ގިނައަދަދެއްގެ ހެރޮއިންއާއި، ބޮގަރު ރުބާތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ވިލާ ގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރުކުރާ ކަމަށް އަދި ބޮގަރު ކައްކާ އޭގެ ވިޔަފާރި ކުރާ ކަމަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކާއ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އެގެ ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
މިގޮތުން ފުލުހުން ބެލި ބެލުމުން އެގޭ ތެރެއިން 24.42 ގުރާމް ގެ ހެރޮއިން ކަމަށް ޝައްކު ކުރެވޭ މަސްތުވާތކެތި ފެނިފައިވ ކަމަށާއި، އަދި ބޮގަރު ކަމަށް ޝައްކުކުރެވޭ 2 ރުބާ އާއި، ބޮގަރު އަޅާފައިހުރި 5 ލީޓަރުގެ ފުޅިއެއްވެސް ފެނިފައިވާ ކަމަށެވެ.
އަދި މިތަކެތި ކައްކަން ބޭނުންކުރާ ގިނަ ސާމާނުވެސް އެގެއިން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލައާއި ގުޅިގެން 42 އަހަރުގެ އަދި 57 އަހަރުގެ ދިވެހި 2 ފިރިހެނަކުވެސް ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގް ކުރަމުން ކަމަށް ވެސް ފުލހުން ވަނީ ބުނެފައެވެ.

