ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ލުއިސް ރުޑޮފް އަބިނާދަރ ކޮރޯނާ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް ގެ މެސެޖުގައި ޑޮމިނިކަން ރިޕަބްލިކްގެ ރައީސް ދެވަނަ ފަހަރަށް އެ މަޤާމަށް އިންތިޚާބުވެ ވަޑައިގެންނެވުމުން އެޤައުމަށް ތަރައްޤީއާ ފާގަތިކަން ހޯދައިދިނުމަށް އެމަނިކުފާނުގެ ލީޑަރޝިޕުގެ ދަށުން ކުރައްވާ މަސައްކަތްތަކަށް އެޤައުމުގެ ރައްޔިތުން ކުރާ އިތުބާރު ފެނިގެންދާކަން ފާހަގަކުރައްވައި ވިދާޅުވީ ދިވެހިރާއްޖެއާ ޑޮމިނިކަން ރިޕަބްލިކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާކަމުގައެވެ.
މީގެ އިތުރުން ރައީސް ވަނީ ޑޮމިނިކަން ރިޕަބްލިކްގެ ރައީސަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން އަދި އެ ޤައުމުގެ ރައްޔިތުންނަށް ސުލްޙަވެރިކަމާ ކުރިއެރުން ލިބިގެންދިއުމަށް އެދިވަޑައިގެންފައެވެ.

