އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހަކާއި ގުޅޭ މަސްތުވާތަކެތީގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މި މައްސަލައަކީ މީގެ 2 ހަފްތާއެއްހާ ދުވަސް ކުރިން ފެށިގެން ފުލުުހުން ބަލަމުންއަންނަ މައްސަލައެކެވެ. ފުލުހުން މިއަދު ވިދާޅުވީ އެ މައްސަލަ ފުލަށް ހުށައެޅީ އެ ހޮސްޕިޓަލުން ކަމަށެވެ. ނަމަވެސް އަދިވެސް އެ މައްސަލައާ ގުޅޭ ގޮތުން މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގް ކުރަމުންދާ ކަމަށެވެ. އަދި އެމައްސަލައިގައި ތުހުމަތުކުރެވެނީ ކޮން ޖިންސެއްގެ ކޮން ގައުމެއްގެ މީހަކަށް ކަމެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

