ތައުލީމް ކުރިއެރުވުމަށް ދިވެހި ސަރުކާރުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ. އެގޮތުން މި މަސައްކަތުގެ ދަށުން ރަސްމީ ދަތުރުފުޅެއްގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މިހާރު ހުންނެވީ ޗައިނާގައެވެ.
އެ ދަތުރުފުޅުގެ ބޭނުމަކީ ތައުލީމް ކުރިއެރުވުމަށް ބޭރުގެ އެކި ގައުމުތަކުގެ މަގުބޫލު ޔުނިވާސިޓީ ތަކާއި ބައްދަލުކުރެއްވުމެވެ. ބޭރުގެ އެކި ގައުމުތަކުގެ މަގުބޫލު ޔުނިވާސިޓީ ތަކާއި ބައްދަލުކުރައްވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

މިނިސްޓަރު މާރިޔާ ތައުލީމު ކުރިއެރުވުމަށް މިހާރު ކުރައްވަމުންދާ މަސައްކަތުގެ ތެރޭން ރާއްޖޭން ބޭރުގަ/ފޮޓޯ؛ ހަޔާރ އެޑިއުކޭޝަން މިނިސްޓްރީ
މިގޮތުން ހުނަރުވެރި ޖީލެއް ބިނާކުރުމަށް ތައުލީމުގެ ދޮރާށިން މަގުކޮށުމަކީވެސް މުހިންމު ކަމެއްކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ. މީގެ އިތުރުން، ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތަށް ތަނަވަސް ކޮއްދިނުމާއި، ޒުވާނުންނަށް ތައުލީމު އުނގެނެން ހުރި ފުރުސަތުތަކަށްވެސް ވަނީ މަގު ކޮށާފައެވެ.
މިނިސްޓަރ މާރިޔާ ވަނީ ޖޭޑީއެސް ފެލޯސްގެ 4 ވަނަ ބެޗުގެ ސެންޑް އޮފް ހަފްލާގައި ބައިވެރިވެވަޑައިގެން، ޖޭޑީއެސް ސްކޮލަރޝިޕަކީ ރާއްޖެ ކުރިއެރުވުމަށް މުސްތަޤްބަލުގައި ލީޑަރުން އުފެއްދުމަށް ވަރަށް މުހިންމު މަސައްކަތެއްގެ ގޮތުގައި ވެސް ފާހަގަކުރައްވާފައެވެ.

މިނިސްޓަރު މާރިޔާ ތައުލީމު ކުރިއެރުވުމަށް މިހާރު ކުރައްވަމުންދާ މަސައްކަތުގެ ތެރޭން ރާއްޖޭން ބޭރުގަ/ފޮޓޯ؛ ހަޔާރ އެޑިއުކޭޝަން މިނިސްޓްރީ
އެކަމަނާދެއްކެވި ވާހަކަފުޅުގައި، ކިޔެވުމުގެ ފުރުޞަތުތަކާއި ގޮންޖެހުންތައް ފުރިހަމައަށް ޤަބޫލުކުރެއްވުމަށް ހިތްވަރު ދެއްވައި، ޘަޤާފީ ގޮތުން ދެމިތިބުމާއި، ފަރުދީ ކުރިއެރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި އިންސާނީ ވަސީލަތް ތައް ކުރިއެރުވުމުގައި ގިނަގުނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

