ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ފޭރުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ރޭގެ ފަތިހުގެ ވަގުތެއްގައި ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅާ، ބިރު ދައްކާ ފޭރިގަނެފައިވާކަމަށެވެ. އަދި މި ސްޕާ އަކީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ސްޕާއެއްކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
ރަހީނުކޮށް ބިރުދައްކާ ފޭރޭ މައްސަލަ އިތުރުވެފައިވާއިރު ދާދީ ފަހުން މާލޭގައި މީހަކު ރަހީނުކޮށް އިނގިލި ބުރި ކޮށްލި މައްސަލައެއްވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

