އިންސާނުންގެ ތެރޭގައި ޖަނަވާރުންގެ ސިފައިގެ މީހުން އުޅޭ ވާހަކައަކީ އާ ވާހަކައެއްނޫނެވެ. އެފަދަ މީހުން އެއްވެސް ރަހުމެއްނެތި މީހުން ގަޔަށް ބޮލަށްއަރާ އަނިޔާ ކުރުމަކީ އާންމުކަމެކެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮންމެ ދުވަހަކު އެތަކެއް ގަތުލު އާންމެއް ހިނގައެވެ. ރޭޕްތަކުގެ ޝިކާރައަކަށް ކުށެއްނެތް އަންހެނުންނާއި ކުޑަކުދިން ކޮންމެދުވަހަކު ވާންޖެހެނީ މިބުނާ މީހުންގެ ފުށުންނެވެ. އަންހެނުންގެ މިނިވަންކަމާ ރައްކާތެރިކަމެއް ނެތެވެ. އިންސާނީ ކަރާމަތާ އިންސާނީ ހައްގުން މަހުރޫމްވެ އިންސާނުންގެ ސިފައިގައިތިބޭ ކުއްތާތަކެއްގެ އަޅުވެތިކަމާ ކޮންމެ ދުވަކަ ކުރިމަތިލަމުންދާ އިންޑިޔާގެ ނޭއްގާނީ އަމަލުތައް ދުނިޔެ އަބަދުވެސް ގަބޫލުކުރެއެވެ.
މިއީ މިއަދަކު އިއްޔެއަކު އިންޑިއާގެ ހާލަތަށް އައިބަދަލެއްނޫނެނެވެ. 80 އަށް ވުރެ ގިނަ ރޭޕް ދުވާލަކަށް އިންޑިއާގައި ހިނގައެވެ. ކޮންމެދުވަހަކު އިންޑިޔާގެ ކުޑަކުދިންނާއި އަންހެނުން ވަނީ ލާއިންސާނީ އަނިޔާތަކެއްގެ ޝިކާރައަކަށްވެފައެވެ. ޑރ. މައުމިތާ އަށް ކުރިމަތިކުރިވި ރޭޕްގެ ހާދިސާއަކީވެސް އެފަދަ ބިރުވެރި ހާދިސާއެކެވެ. 18 ފިރިހެނެއްގެ ވަހުޝީ އެދުމުގެ އެދުންވެރިކަމުގެ ތެރެއަށް އެ ޒުވާނާ ވަނީ ގަންބާލާފައެވެ. މި މަސްތެރޭ ހިނގި އަނިޔާވެރި އެ ރޭޕް ކޭސްއާއެކު އެ އަނިޔާގެ ވޭނަށްކެތްނުވެ އެފުރާނަވަނީ މިދުނިޔެ ދޫކޮށްފައެވެ.
އިންޑިއާގެ ކޮލްކަތާގެ ޓްރެއިނިން ޑޮކްޓަރަކަށް ދިމާވި އަނިޔާވެރި އެ މަރަކީ ކޮންމެ ދުވަހަކު އެތަކެއް އަންހެނުންނެއް އެ އަނިޔާތަކާއި ކުރިމަތިލާންޖެހޭ ބިރުވެރިކަމެކެވެ.
އިންޑިއާގެ ޑޮކްޓަރ ޓްރެއިނަރ އެއްގެ ގޮތުގައި ހަރަކާތްތެރިވި މައުމިތާ ވަނީ ރޭޕިސްޓުން ތަކެއްގެ ޝިކާރައަކަށްވެ ދުނިޔެ ދޫކޮށްފެވެ. ރިޕޯޓުތައް ބުނާގޮތުން މައުމިތާގެ ހަށިގަނޑު ބަލާ ޗެކުކުރި ޑޮކްޓަރުންގެ ޓީމުން ވަނީ މައުމިތާގެ ހަށިގަނޑުގެ އެކި ހިސާބުތަކަށް ލިބިފައިވާ ޒަޚަމް ތަކުގެ އަދަދު 100އަށްވުރެ ގިނަކަން ފާހަގަކޮށްފައެވެ.
ރިޕޯތްތައް ބުނާގޮތުން މައުމިތާ ރޭޕް ކޮށްފައި ވަނީ 18 ނުވަތަ 20 ވަރަކަށް މީހުން ވެގެންނެވެ. ބައެއް ނޫސްތަކުން މި އަދަދު 22 އަށް އަރާކަމަށްވެސް ރިޕޯޓު ކޮށްފަވެއެވެ. 2 މީހަކު މައުމިތާގެ އަތުގައި ހިފައިގެން ތިބިއިރު އަނެއްމީހުން މައުމިތާ ރޭޕް ކުރަމުން ގެންދިޔައެވެ. އެވަގުތު އެތަނުގައި މައުމިތާ އާއި އެކުގައި މެޑިކަލް ކޮލެޖުގައި ކޯސް ހަދަމުން ގެންދިޔަ މައުމިތާގެ އެންމެގާތް އެކުވެރިޔާ އެމަންޒަރު ބަލަންޖެހުނީ ބަސްހުއްޓިފަހުރެއެވެ.
އެވަގުތު މައުމިތާ ގޮވަމުން ގެންދިޔައެވެ.
އަހަރެން ސަލާމަތް ކުރާށެވެ. ތިޔައީވެސް އަހަރެން ފަދަ އަންހެނެކެވެ. އެ ހިތާމަވެރި ހާދިސާ ކުށްވެރިކޮށް އިންޑިއާގެ އެތައް ސަތޭކަ ޑޮކްޓަރުންނެއް މިއަދު ދަނީ އަޑު އުފުލަމުންނެވެ.

