ލ. ގަން ތުޑި އަވަށު ވިލާ ގެއިން ގިނައަދަދެއްގެ ހެރޮއިންއާއި، ބޮގަރު ރުބާތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މައްސަލައިގައި ހައްޔަރުކުރިމީހުންގެ ވަނަވަރު ފުލުހުން ހާމަ ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ.ގަން ތުޑި /ވިލެޖް އަހްމަދު ޝުޖާއު 42 އާއި، ތުޑީ، ފަންހިޔަލަ އަލީ ޝަރީފް 57 އެވެ.
ފުލުހުން ބުނީ ވިލާ ގޭގައި މަސްތުވާތަކެތި ގެންގުޅެ ވިޔަފާރުކުރާ ކަމަށް އަދި ބޮގަރު ކައްކާ އޭގެ ވިޔަފާރި ކުރާ ކަމަށް ލިބިފައިވާ އިންޓެލިޖެންސް މައުލޫމާތަކާއ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އެގެ ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ބެލިބެލުމުން އެގޭ ތެރެއިން 24.42 ގުރާމް ގެ ހެރޮއިން ކަމަށް ޝައްކު ކުރެވޭ މަސްތުވާތކެތި ފެނިފައިވ ކަމަށާއި، އަދި ބޮގަރު ކަމަށް ޝައްކުކުރެވޭ 2 ރުބާ އާއި، ބޮގަރު އަޅާފައިހުރި 5 ލީޓަރުގެ ފުޅިއެއްވެސް ފެނިފައިވާ ކަމަށެވެ.
އަދި މިތަކެތި ކައްކަން ބޭނުންކުރާ ގިނަ ސާމާނުވެސް އެގެއިން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގް ކުރަމުން ކަމަށް ވެސް ފުލހުން ވަނީ ބުނެފައެވެ.

