ގއ. ކޮލަމާފުށިން ތިން މާވަހަރެއް ހޮވައިފިއެވެ.
ކައުންސިލް މެމްބަރު ޝާމާ ތައްޙާނު ” ހުވަދޫ” އަށް ވިދާޅުވީ އެ މާވަހަރު ވައްތަރީ ހުދަންބަރަކާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮލަމާފުށީ ފުއްޓަފަރާތުން ހޮވާފައިވާ މާވަހަރު ސައްހަތޯ ބެލުމުގެ މަސައްކަތްދަނީ މިހާރު ކުރަމުންނެވެ.
” ފުރަތަމަ މާވަހަރު ފެނުނީ މީގެ ދެ ދުވަސްކުރިން. އެއީ ކުޑަ ބޯޅައެއް ސައިޒްގެ ދެ މާވަހަރު.” ޝާމާ
ފުރަތަމަ މާވަހަރު ފެނުނީ މީގެ ދެ ދުވަސްކުރިން ކަމަށާއި، ފަހުން ފެނުނީވެސް ކުރިން މާވަހަރު ފެނުނު ތަނުން ކަމަށްވެސް ބުނެފައިވެއެވެ.

