ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަގްސަދުގައި ވިޔަފާރިއާއި އުފެއްދުން ތެރިކަމަށް އަމާޒުކޮށް ދިވެހި އުފެއްދުންތެރިކަން އިތުރުކުރުމަށް މައުރަޒެއް ބާއްވަން ނިންމައިފިއެވެ.
މި މައުރަޒު ބާއްވަނީ އަންނައަހަރުގެ މެއި މަހުގެ 23 އިން 31 ގެ ނިޔަލަށެވެ.
މި މައުޒަރުގައި ބައިވެރިވެވޭނީ:
1: އަމިއްލަ ފަރުދުން
2: ކުންފުނިތަކާ ވިޔަފާރިތައް
3: ރަށްތައް
4: ސިޓީތައް
5: ތައުލީމުދޭ މަރުކަޒުތައް
6: ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް
މި މައުރަޒުގައި 81 ގިންތިއަކުން ވާދަކުރެވޭނެ ކަމަށާއި، އީޖާދީ އުފެއްދުންތަކަށް ހިތްވަރުދިނުމުގެ ގޮތުން އީޖާދީ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކަށް ރިސާޗް ގްރާންޓް ފަންޑުގެ ދަށުން އެހީތެރިވެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި މީގެ އިތުރުން ބައިވެވޭނެ ބައިތަކުގެ ތެރޭގަ ކްރިއޭޓިވް އިކޮނޮމިކް ޑީސްޓްރިކްޓާއި ، ޑިޒައިން އެންޑް އިނޮވޭޓިވް ޑީސްޓްރިކްޓާއި އެންޓަޓައިންމެންޓް ޑިސްޓްރިކްޓާއި އަދި މާކެޓް ޕްލޭސް ޑީސްޓްރިކްޓެއް ހިނެނޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

