ލޭނު މަސްވެރިކަމާ ދެކޮޅަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މިއަދު މި މައްސަލަ ހުށައަޅަމުން މައުރޫފް ވިދާޅުވީ ލޭނު މަސްވެރިކަމަށް ހުއްދަދިނުމަކީ ދިގުރާސްތާގައި އޭގެ ގެއްލުން ބޮޑު ކަމެއްކަމަށެވެ. އަދި ރާއްޖޭގެ މަސްވެރިކަމަށާއި، އިގްތިސާދާއި ގުޅިފައިވާ އެކިކަންމަށް އިޔާދަނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުންތަކެއް ވެދާނެ ކަމެއްކަމަށެވެ.
ކުރީގެ އެކި ސަރުކާރު ތަކުގައިވެސް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށް ފާހަގަކުރައްވަމުން ވިދާޅުވީ ހުއްދަ ދިންނަމަވެސް އެ ނިންމުން އެއިން އެއްވެސް ފަހަރަކު ތަންފީޒު ކޮށްފައި ނުވާކަމަށެވެ. އަދި އެކަން ތަންފީޒު ކޮށްފައިނުވަނީ ކަނޑުގެ ދިރުންތައް ހަލާކުވުމަށް މަގުފަހިވުމާއި ނެތިދިއުމުގެ ބިރު އޮތަތީ ކަމަށެވެ. މިކަމުގެ ސަބަބަން މަސްވެރިކަމަށް ނުސީދާ ޝިކާރައަކަށްވެ މަސްވެރިކަމުގެ ސިނާއަތަށް ތަފާތުގޮތްގޮތުން އޭގެ ގެއްލުމާއި ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން މަސްވެރިންނާއި ފަތުރުވެރިކަމުގެ ސިނާއަތާއި ތިމާވެއްޓާއި، ކަނޑުގެ ދިރުން ހިމާޔަތް ކުރަން ވަކާލާތުކުރާ ފަރާތްތަކުގެ އިތުރުން އެތައްބަޔަކަށްވެސް ގެއްލުންމާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ މި ނިންމުން މުރާޖާކުރުމަށްވެސް އެ ކުއްލި މައްސަލައިގައިވަނީ އެދިލައްވާފައެވެ.
އެގޮތުން ބަހުސްއަށް ހުޅުވާލުމުން އެ ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. ބަލައިގަތުމާ ދެކޮލަށް ވޯޓް ދެއްވީ 47 މެންބަރުންނެވެ.

