ސަޢޫދީގެ ފައިސަލް ބިން ފަރްހާން އަލްސަޢުދުގެ ދަޢުވަތަކަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ސައުދީ އަށް ވަޑައިގެންފިއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދާއި ބޮޑުވަޒީރު ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް އެޑްރެސްކުރައްވައި މިނިސްޓަރ ޒަމީރު ސަރުކާރުގެ ފަރާތުން ސިޓީފުޅެއް ދެއްވާނެއެވެ.
މިނިސްޓަރ ޒަމީރުގެ މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރާއެކު ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން ބައްލަވާލައްވައި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ކުރިއަށް އޮތްތާނގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރަކީ ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުމަށް 43 އަހަރު ފުރޭ އަހަރެވެ.
މީގެ އިތުރުން މިނިސްޓަރ ޒަމީރު ސަޢޫދީ ޢަރަބިއްޔާސަރުކާރުގެ އިސް ޢިއްޒަތްތެރިންނާއި، ސަޢޫދީ އެފް.ޔޫ.އާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވ

