ސަރުކާރަށް 9 މަސްވެގެންދިޔައިރު ދިވެހި ސަރުކާރުން ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ގެނެސްދީފިއެވެ. އުއްމީދާ އާ ދިރުން ގެނެސްދީފިއެވެ. އާރޯކަމާ ތާޒާ ކަމެވެ. ރައްޔިތުން ތިބީ އުފާ އުފަލުންނެވެ. އެންމެ ބޭނުންވާ އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައިވާ ކަންކަމަށް އިސްކަންދީގެ ފެށި މަސައްކަތުގެ ނަތީޖާ ފާއިތުވި 9 މަހުން ފެންނަންއޮތީ އުއްމީދާއި ޔަގީން ކަމެވެ.
………………………………
- ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ކުޑަކޮށް ޖޫރިމަނާއަށް ބޮޑެތި ލުއިތަކެއް
- ގަވާއިދާ ޙިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ދަށުން 2000 ވުރެ ގިނަ ބިދޭސީން ޑީޕޯޓްކުރި
- ތެލެސީމީއާ ކުދިންނަށް ދޭ ފަރުވާ އިތުރުކޮށް ހިލޭ ބޯން މެރޯ ހެދޭނެ މަގު ވަނީ ފަހިވެފަ
- ޔޫރަޕް ކޮލަޓީގެ ބޭސް އެތެރެކުރި
- ދަރިމައިވުމުގެ ފަރުވާ އަށް އާސަންދަ
- 100 ޒުވާން ޙަތީބުން ތަމްރީން ކުރި
- ވާރުތަވި ދަރަނި ދައްކާ މަސްވެރިންނަށް 1 ބިލިއަން ރުފިޔާ ދޫކުރި
- ބަރަހަނާ ވެބްސައިޓްތަކާ ޖުވާ ވެބްސައިޓްތައް ބްލޮކްކުރި
- ފަގީރުން ސަރުކާރުގެ އެހީގައި ހައްޖަށް ގެންދިޔަ
- ބަޑަހަޖަހައިގެން ތިބި ބޭރުގެ އަސްކަރިއްޔާ ފޮނުވާލި
- ޝަރުއީ ދާއިރާގެ ނުފޫޒު ހުއްޓުމަކަށް ގެނައި
…………………………………….
އިގްތިޞާދީ ވަރުގަދަ ބަދަލުތަކެއް:
- ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދެވި
- ސޮވަރިން ޑިވޮލޮޕްމެންޓް ފަންޑަށް 65 މިލިއަން ޑޮލަރު ޖަމާކުރި
- ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް ބަންކަރިންގ ސަރވިސް ވިޔަފާރި ފެށުމަށް ވަނީ ތައްޔާރުވެފަ، ،މަސައްކަތް ފަށާތާ އަހަރެއްގެ ތެރޭ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުކޮށްދޭނެ
- ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯންތަކަށް ހުޅުވާލި
- ބައެއް ގައުމުތަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކަށް އައުމަށް ދަނީ މަސައްކަތްކުރަމުން
- އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސް އޮތޯރިޓީއެއް ވަނީ އުފައްދަވާފަ
- ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓަށް ޚާއްޞަ ކުރެވިގެން ޤާނޫނެއް ތަޢާރުފް ކުރުމަށްޓަކައި މިހާރު ވަނީ ބިލެއް ހުށަހެޅިފަ
ފެންން މިއޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުމުގެ ޕްލޭނުގެ ދަށުން އަހަރެއް ނުވަނީސް ގެންނެވި ބަދަލުތަކެވެ. ގެންދަވަނީ ދެމެހެއްޓެނިވި ގޮތެއްގައި މި ބަދަލުތައް ހިފަހެއްޓޭނެ ގޮތެއް ހޯއްދަވަމުންނެވެ. އިގްތިޞާދު ސިންދަފާތުކުރަމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ރައިސް ދަނެއެވެ.
ދައުލަތުގެ ދަރަނި ކުޑަކޮށް އަރަނި ކުރެވޭނެ ނިޒާމެއް ހަރުދަނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަންވެސް ރައީސް ހުރީ ދަނެގެންނެވެ.

