އިންޑިއާއާއި ޗައިނާއިން ރާއްޖެއާއެކު މާލީ ގުޅުން ވަރުގަދަ ކުރުމަށް ގަވަރުނަރު އަހުމަދު މުނައްވަރާއެކު މަޝްވަރާ ކުރައްވައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ އެމްއެމްއޭއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އެމްއެމްއޭ އިން ބުނެފައި ވަނީ ގަވަރުނަރު އަހުމަދު މުނައްވަރުގެ އަރިހަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަންގް ލިޝިން އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވާ ކަމަށާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުންނޫ މަހާވަރު ވެސް އިހުތިރާމްގެ ޒިޔާރާތެއް ކުރެއްވި ކަމަށެވެ.
އެމްއެމްއޭ އިން ބުނީ އެ ދެ ގައުމުން ވެސް ވަނީ ރާއްޖެއާއި އެކުގައި އިގްތިސޯދީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި މާލީ ގުޅުން ވެސް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައި ކަމަށެވެ.
ގަވަރުނަރުގެ މަގާމަށް، އަހްމަދު މުނައްވަރު އައްޔަން ކުރައްވާފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

