ބުޅާ މަސް އަޅައިގެން ކާތަކަތި ތައްޔާރުކޮށް ވިއްކާ ބިދޭސީއަކު ހޯދަން އިމިގްރޭޝަނުން އިއުލާންކޮށްފި އެވެ.
އިމިގްރޭޝަނުން ކުރި އިއުލާނުގައި، ބުނީ ބަންގްލަދޭޝްގެ 32 އަހަރުގެ އަރަފާތު ހޮސައިން ނަމަކަށްކިޔާމީހަކު ހޯދަމުންދާ ކަމަށެވެ. އިމިގްރޭޝަނުންވަނީ އޭނާ ހޯދަމަށް ނޯޓިސްއެއްވެސް ނެރެފައެވެ.
މި މީހާ އުޅޭ ތަނަކާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އިމިގްރޭޝަނުގެ ނަންބަރު 9199017 އަށް ގުޅައިގެން ނުވަތަ، risk@immigration.gov.mv އަށް މެއިލްކޮށް، އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ވެސް އިމިގްރޭޝަނުން ވަނީ އެދިފައިވެ އެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މި ފަހުން ފެށި އޮޕަރޭޝަނަށް ފަހު ގިނައަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓް ކޮށްފައެވެ. އެގޮތުން 2000 ބިދޭސީން މިހާތަނަށް ޑީޕޯޓް ކޮށްފައި ވެއެވެ.

