އޮބިއޮންގެ އެތުލެޓިކްސް އެމްބެސެޑަރުކަމަށް އިބާދުﷲ އާދަމް ހަމަޖައްސައިފިއެވެ.
އޮބިއޮންއިން މިއަދު ހާމަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ނަންހިނގާ އެތުލީޓު އިބާދުﷲ އާދަމް ވަނީ އެ ކުންފުނީގެ އެތުލެޓިކްސް އެމްބެސެޑަރުކަމަށް ޢައްޔަންކުރައްވާފައެވެ.
2024 ވަނަ އަހަރު ދިވެހިރާއްޖޭގެ އެންމެ ހަލުވި އެތުލީޓުގެ މަޤާމު ފުރުއްވި އިބާދުﷲ އަކީ އޮލިމްޕިކްސްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވައި ވާދަކުރެއްވުމުގެ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ އެތުލީޓެކެވެ. އޭނާގެ މި ކާމިޔާބީތަކާއެކު، އެތުލެޓިކްސްގެ ދާއިރާގައި އައު މިންގަނޑުތަކެއް ކަނޑައަޅުއްވަމުންދާކަމަށް އޮބިއޮންއިން ފާހަގަކުރެއްވިއެވެ.
އޮބިއޮންގެ އެފްބީ ޕޯސްޓުގައި ބުނެފައިވާ ގޮތުގައި އިބާދުﷲ އާދަމްގެ ކާމިޔާބީތަކުން އެހެން މީހުންނަށްވެސް ފުރިހަމަކަމަށް އިލްހާމު ލިބިގެންދާނެ ކަމަށާއި އަދި އެތުލެޓިކްސް ދާއިރާގައި އިބާދުﷲ ގެ ތަޖުރިބާއާއި ހުނަރުވެރިކަން ބޭނުންކޮށްގެން، އެ ދާއިރާ އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރާނެ ކަމަށްވެސް އޮބިއޯންއިން ވަނީ ބުނެފައެވެ.
އިބާދުﷲ އާދަމް އޮބިއޮންގެ އެތުލެޓިކްސް އެމްބެސެޑަރުކަމަށް ޢައްޔަންކުރެއްވުމާ ގުޅިގެން، އެ ކުންފުނީގެ ފަރާތުން އޭނާއަށް މަރުޙަބާ ދަންނަވައި، ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި މަސައްކަތްކުރުމަށް އުފާވެރިކަން ފާޅުކުރައްވާފައިވެއެވެ.
މާލޭގެ މެދުތެރޭގައި ހުންނަ، ކުޅިވަރާ ގުޅުން ހުރި ތަކެތި ރިޓެއިލް އަދި ހޯލްސޭލްކޮށް ވިއްކާ ދިވެހި ފިހާރައެކެވެ. އޮބިއޯން އިން އަގުހެޔޮކޮށް ފެންވަރު ރަނގަޅު ކުޅިވަރާބެހޭ ގިނަ ބާވަތްތަކެއްގެ ތަކެތި ލިބެން ހުންނާނެއެވެ. ޕްރިވިލެޖް މޯލްޑިވްސް މެދުވެރިކޮށް ގަންނަ ހުރިހާ އެއްޗަކަށް 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އޮބިއޯންއިން އޮންލައިންކޮށް އޯޑަރު ބަލައިގަނެ، ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

