މީގެ ދުވަސްކޮޅެއް ކުރިން ގޭގައި ގަރުދިޔަ ކައްކާއިގެން ކާށޭ މިނިސްޓަރަކު ވިދާޅުވުމުން ދިވެހިންނަށް ހީވީ އެއީ މާ ދެރަ ވާހަކައެއްހެނެވެ. ސޯޝަލްމީޑިއާގައި ހީވަނީ އެ މިނިސްޓަރު ކާލަފާނެހެންނެވެ. މިއީ ކަމެއް ދިމާވާއިރަށް އާންމު ހާލަތެވެ. ނަމަވެސް އެފަދަ ބަހެއް މިނިސްޓަރަކު ވިދާޅުވާނީ ކޮންމެވެސް ހިކުމަތެއް އޭގައި އޮންނާނެތީ ކަންޔަގީނެވެ. ނަމަވެސް އެގޮތަށް ވިސްނާލި އެކަކުވެސް ހުރިހެނެއް ހިއެއްނުވެއެވެ. ހަމަމިއާއެކު ދެން އިވިގެންދިޔައީ އަނބިމީހާ ގޭގެ ރީތިކޮށް ދެފައި، ދަމާލައިގެން އޮވެ ކާއެތިކޮޅު ގެންނަނީ ބިދޭސީއެކޭ، މެމްބަރު ހުސެއިން ޝަރީފް ވިދާޅުވި އަޑެވެ.
މަޖިލީހުގެ ޖަލްސާއެއްގަ ހުސެއިން ޝަރީފް އެފަދައިން ވިދާޅުވުމުން ވެސް ދިވެހިން ހީވީ އެހެންފަދަ ކަމެއްހެނެވެ.
ނަމަވެސް މިއަޑުތައް މިއަދު ކެނޑިއްޖެއެވެ. ދެކެވެނީ އެހެންވާހަކައެވެ. ކޮންކަމެއްގައިވެސް ފޯރިހިފާފަ، ދުވަސްކޮލަކުން ވާހަކަތައް އޮބިއެޅެއެވެ.
ގޭގައި ދިވެހިން ކައްކާ ކައިއުޅުނު ޒަމާން ފަހަނައަޅާ ކެފޭތަކާއި ރެސްޓޯރެންޓްތަކަށް ދިވެހިން ފަރިތަވެގެން ދިޔަދިޔަހެން ދެން ކަންވެގެންދިޔަ ގޮތަށް ބަލާލަމާ ހިނގާށެވެ. ޓޭކްއަވޭއިން ކާތަކެތިގެނެސް އަރާމު ސޯފާތަކުގައި ކާންތިބޭއިރު އެ ތަކެތީގެ ސާފްތާހިރުމާއި، އެތަކެތީ ތައްޔާރު ކޮށްފައިހުރި ކޮންއެއްޗަކުންކަން ވިސްނާލީ ތިޔައިންގެ ތެރެއިން ކިތައް މީހުންތޯއެވެ.

ޓޭކްއަވޭ ކާތެތެތި ގަންނަން ބަޔަކު/ފޮޓޯ؛ ޕީއެސްއެމް ނިއުސް
ފަކުރުން މިއަދު އިސްޖަހާލާ "އައްޗީ"އޭ ބުނެގެން ފަރުޖައްސާލެވޭކަށް ނެތެވެ. އެންމެ މީރު ސަބްމެރިން ބާރގާރ، ހޮޓްޑޯގް ސޭންޑްވިޗް، ޕިއްޒާ، ޕަނީނޯ ފަދަ ތަކެތި ބޭރުން ގަނެސްގެން ކެއުންވަނީ އާންމުވެފައެވެ. ސުކޫލް އިންޓަވަލަށް ކުދިންނަށްދެނީވެސް މިތަކެއްޗެވެ. މިތަކެތި ހޯދުމަށް ޓޭކްއަވޭ ޝޮޕްތަކުގަ ކިއުފަތި ދަމާލާފަ ބެލެނެވެރިން ތިބެނީވެސް ހަމަ ހައްޓަށް ފަސޭހަކޮށް ކާތަކެތި ލިބޭތީއެވެ. ހެވިފަތިބެގެން އެންމެ ލޯބިވާ ދަރިއަަށް މިދެވެނީ ކޮންކަހަލަ ބާވަތަކުން ތައްޔާރުކޮށްފައި ހުރި ކާތަކެއްޗެއްކަމެއްވެސް ނޭނގެއެވެ.
ސިއްހީ ބޮޑު ނުރައްކަލަކަށް:
ފަސޭހަކަމާއެކު ކާތަކެތި މިގޮތަށް ގަނެލެވޭތީ ހައްޓަށް ފަސޭހަކުރިހެން ހަނގީގަތުގައި ވަނީ ވަރަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހިފައެވެ. އިސްލާމްދީނުގައި ކެއުން މަނާ މަސްތަކުގެ ތެރޭގައި ހިމެނޭ ބުޅާ މަސް އަޅައިގެން ކާތަކެތި ކައްކާ ވިއްކާ ބިދޭސީއަކު ހޯދަން އިމިގްރޭޝަނުން ވަނީ އިއުލާނު ކޮށްފައެވެ.

ބުޅާ މަސް އަޅައިގެން ކާތަކަތި ތައްޔާރުކޮށް ވިއްކާ ބިދޭސީ މީހާ/ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން ކުރި އިއުލާނުގައި، ބުނީ ބަންގްލަދޭޝްގެ 32 އަހަރުގެ އަރަފާތު ހޮސައިން ނަމަކަށްކިޔާމީހަކު ހޯދަމުންދާ ކަމަށެވެ. އިމިގްރޭޝަނުންވަނީ އޭނާ ހޯދަމަށް ނޯޓިސްއެއްވެސް ނެރެފައެވެ. ސާފުތާހިރުކަން އިންތިހާއަށް ދަށްކޮށް ފޯއް ތައްޔާރުކުރަމުން ދިޔަ ތަނަކުން ދެ ބިދޭސީން ވެސް ހައްޔަރުކުރިއެވެ. އަދި އެތަނަކީ ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ފޯއް، ވިޔަފާރިއަށް ތައްޔާރު ކުރަމުންދާ ތަނަކަށް ވަނީ ވެފައެވެ. ސާފުތާހިރުކަން އިންތިހާއަށް ދަށް ކަމަށް ފާހަގަވެފައިވާ ތަނެއްކަމުން، އެކަން ވަނީ ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މި ފަހުން ފެށި އޮޕަރޭޝަނަށް ފަހު ގިނައަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓް ކޮށްފައެވެ. މި ފަހުން މިފަދަ ކިތަންމެ ކަމެއް ވަނީ ހޯދިފަ އެވެ. އަދި މިއީ ކުޑަ މިންވަރެކެވެ. އަދިވެސް އެތައް ކަމެކެވެ. އެގޮތުން 2000 ބިދޭސީން މިހާތަނަށް ޑީޕޯޓް ކޮށްފައި ވެއެވެ.
އަދިވެވެސް ދޫނުދީ ބަލާލުން މުހިންމެވެ.

ކަންމިހެންއޮވެމެ ދިވެހިން ސިއްހަތާއި މެދު އުފެދިފައިވާ ސުވާލުތަކަށް ޖާވާބު އާންމުވަމުންދާ ބަލިތަކުން ދެނެގަންނަ އެބަހެއެވެ.

ބުޅާ /ފޮޓޯ ގޫގްލް
ގޭގައި ގަރުދިޔާއާއި ބަތް އަމިއްލައަށް ކައްކައިގެން ކާން މިނިސްޓަރު އަލީ އާރިފް ވިދާޅުވިހެން މާ ރަނގަޅުނޫންތޯއެވެ. މިކަން އާދަކުރަން ކިހިނެތްވާނެތޯއެވެ. ޔަގީންވާ ކަމަކީ އަމިއްލައަށް ކައްކާ ކާތަކެތީން ސިއްހަތަށްމާ ފައިދާ ހުންނާނެކަމެވެ. ބިދޭސީންގެ އޮޅުވާލުމާއި މުޑުދާރުކަމުން ސަލާމަތްވެވެން އޮތީ އަމިއްލައަށް ގޭގައި ކައްކާ ކާން އާދަކުރެވިގެންނޫން އެހެން ކޮންގޮތަކުން ތޯއެވެ.

