ގްރޭޓަރ މާލެ އޭރިއާގައި ރަޖިސްޓްރީނުކޮށް މަގުމަތީގައި ބަހައްޓާފައިވާ އުޅަނދުތައް ވަގުތީ ގޮތުން ޕާކުކުރުމަށް ބިމެއް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ބުނީ މިއީ އެ ވުޒާރާއިން އިސްނަގައިގެން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މާލެ ސިޓީ ކައުންސިލް އަދި ދިވެހި ފުލުހުންގެ އިދާރާ އާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގެ މަގުތައް ތޮއްޖެހުން ކުޑަކުރުމުގެ ހަމަޖެއްސި ބިމެއް ކަމަށެވެ.
މި ބިން ހަމަޖައްސާފައި ވަނީ ހުޅުމާލެ ފޭސް ދޭއް 42،000 ސްކޮޔާ ފޫޓްގެ ބިމެކެވެ.
މާލޭ ސަރަހައްދުގައި ގަވާއިދާއި ހިލާފަށް ޕާކްކޮށްފައި އުޅަނދުތައް ބަހައްޓާ މައްސަލަ ވަނީ ބޮޑުވެފައެވެ. މިއާއެކު މާލެ ސަރަހައްދުގެ 9 ސަރަހައްދެއްގައި ޕާކް ކުރާ އުޅަނދުތައް ޓޯ ކުރުމަށް ވަނީ ނިންމާފައެވެ.

