ބުޅާ މަސް އަޅައިގެން ކާތަކަތި ތައްޔާރުކޮށް ވިއްކި ބިދޭސީ މީހާ ހައްޔަރު ކޮށްފިއެވެ.
ބުޅާ މަސް އަޅައިގެން ކާތަކެތި ވިއްކި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދަން އިމިގްރޭޝަނުން އިއުލާންކުރީ އިއްޔެއެވެ.
އިމިގްރޭޝަނުން ކުރި އިއުލާނުގައި، ބުނީ ބަންގްލަދޭޝްގެ 32 އަހަރުގެ އަރަފާތު ހޮސައިން ނަމަކަށްކިޔާމީހަކު ހޯދަމުންދާ ކަމަށެވެ. އިމިގްރޭޝަނުންވަނީ އޭނާ ހޯދަމަށް ނޯޓިސްއެއްވެސް ނެރެފައެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މި ފަހުން ފެށި އޮޕަރޭޝަނަށް ފަހު ގިނައަދަދެއްގެ ބިދޭސީން ވަނީ ޑީޕޯޓް ކޮށްފައެވެ. އެގޮތުން 2000 ބިދޭސީން މިހާތަނަށް ޑީޕޯޓް ކޮށްފައި ވެއެވެ.

