އާސަންދައިން އީވް ކްލިނިކް ސަސްޕެންޑް ކޮށްފިއެވެ.
އާސަންދައިގެ ރަސްމީ ވެބްސައިޓުގައި ހާމަކޮށްފައިވާ ސަސްޕެންޑް ތަންތަނުގެ ލިސްޓުގައި އީވް ކްލިނިކް ހިމެނެއެވެ. އީވް ކްލިނިކް ސަސްޕެންޑް ކޮށްފައިވަނީ މި ހިނގާ އޮގަސްޓު މަހުގެ 12ވަނަ ދުވަހުގައެވެ.
މިކަމާ ގުޅިގެން އާސަންދައިން ހުވަދޫއަށް މައުލޫމާތު ދެމުން ބުނީ އާސަންދައިން އީވް ކްލިނިކް ސަސްޕެންޑް ކޮށްފައިވާ ކަމަށާއި ސަސްޕެންޑް ކޮށްފައިވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ ކްލިނިކް ސަސްޕެންޑް ކޮށްފައިވަނީ ބަލަމުންދާ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އާސަންދައިން ހާމަކޮށްފައެއް ނުވެއެވެ.

އާސަންދައިން ސަސްޕެންޑް ކޮށްފައިވާ ތަންތަން
ބައެއް މީޑިޔާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އީވް ކްލިނިކް އާސަންދައިން ސަސްޕެންޑް ކުރީ ވެސްޓު ޕާކު ސަރަހައްދުގައި ހުންނަ އީވް ކްލިނިކުން ހިދުމަތް ހޯދާ މީހުންނަށް މައި ކްލިނިކަށް ބިލުކުރާ މައްސަލާގަ އެވެ. ވެސްޓު ޕާކު ސަރަހައްދުގައި ހުންނަ އީވް ކްލިނިކަށް އާސަންދަ ދޫކޮށްފައެއް ނުވެއެވެ.
މީގެ ކުރިންވެސް މިފަދަ މައްސަލަ ތަކުގައި އާސަންދައިން ، ކްލިނިކްތައް ސަސްޕެންޑްކޮށްފައިވެ އެވެ.
އީވް ކްލިނިކް ގެ ދެތަނެއް ހުރެއެވެ. އެއީ ފަރީދީ މަގުގައި ހުންނަ މައި ކްލިނިކާއި މިފަހުން ވޭސްޓް ޕާކް ސަރަހައްދުގައި ހުޅުވި ތަނެވެ.

