ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ)އަށް ލިބިފައިވާ ބައެއް ޞިއްޙީ ސާމާނު، ތަކެއް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް.) އަށް ހަދިޔާ ކުރުމަށް ރަސްމިއްޔާތެއް ބާއްވައިފިއެވެ.
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި، އެން.ޑީ.އެމް.އޭ.ގެ ފަރާތުން އެމް.އެން.ޑީ.އެފް.އަށް މިތަކެތި ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް ޢާއިޝަތު ޞަފޫރާއެވެ.
އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްއާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ނައިބު، އެމް.އެން.ޑީ.އެފް.ގެ އިސް އޮފިސަރުންގެ އިތުރުން އެން.ޑީ.އެމް.އޭ.ގެ ޗީފް އެގްޒެކެޱިވާއި ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

