ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރުކުރިނަމަވެސް ރާއްޖެ ސަރަހައްދުގެ މޫސުން ދަނީ ރަނގަޅުވަމުންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖެ ސަރަހައްދަށް މޫސުން ރަނގަޅުވަމުންދާއިރު ކޮންމެވެސް މިންވަރަކަށް ކެރީގެ އަސަރުކުރާނެކަމަށެވެ. ނަމަވެސް ވައި މަޑުވާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއްވިއެވެ. އެގޮތުން އުތުރާއި މެދުރާއްޖެ ތެރެއަށް ހުޅަނގާއި ހުޅަނގު އުތުރުން 8 މޭލާއި 18 މޭލަށް ވައިޖެހޭނެ ކަމަށާއި ދެކުނަށް 5 މޭލަށް 15 ވައި ޖެހޭނެ ކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިމް ލަފާކުރައްވައެވެ.
މޫސުމާއިބެހޭ ޤައުމީ އިދާރާ އިން ވިދާޅުވީ އުތުރުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ނަމަވެސް ދެކުނުގައި އާދައިގެ ވަރަކަށް މަޑުވާނެކަމަށެވެ.

