ދެމެހެއްޓެނިވި ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޖަމިއްޔާތައް ބާރުވެރިކޮށް، މުޖުތަމައަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފްކުރި "ބޭންކް ފަންޑް" އަށް އެދި ހުށަހެޅުމުގެ އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.
ބޭންކު ފަންޑަށް ހުޅުވާލި ފުރުސަތުގެ މުއްދަތު 8 ސެޕްޓެމްބަރު ވާ އާދިއްތަ ދުވަހުގެ ހަވީރު 4:00 އަށް ހަމަވާނެއެވެ.
"ބޭންކް ފަންޑް" ހުޅުވާލާފައިވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާ، ޖަމާއަތް އަދި ކްލަބްތަކަށެވެ. މި ފަންޑަށް އެދި ހުށަހަޅަންޖެހޭ ފޯމާއި ޕްރޮޕޯސަލް ހުށަހަޅަންޖެހޭނީ bankfund@bml.com.mv އަށް އީމެއިލް މެދުވެރިކޮށެވެ.
މި ފަންޑުގެ ދަށުން ތައުލީމާއި، ތިމާވެއްޓާއި، ކުޅިވަރާއި މުޖުތަމައަށް ފައިދާކުރާ ދާއިރާތަކުން 5 ޕްރޮޖެކްޓެއް ހޮވައި، ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 200،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައިވ ކަމަށް ބެންކުން ވަނީ ބުނެފައެވެ.

