ބުޅަލުގެ މަސް ހިމެނޭ ކާތަކެތި ވިއްކި ކަމަށް ބުނެ ދައުރު ކުރަމުން ދަނީ ފޭކު ޕޯސްޓެއް ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުުން މިހެން ބުނެފައިވަނީ އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އިމިގްރޭޝަނުން ބުނެފައިވަނީ މޯލްޑިވްސް އިމިގްރޭޝަން ފޭސްބުކް ޕޭޖުން ކޮށްފައިވާ ޕޯސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކީ ސައްހަ ފޮޓޯއެއް ނޫން ކަމަށާއި މިފަދަ ޒިންމާދާރުކަން ކުޑަ އަމަލުތައް ނުކުރެއްވުން އެދޭ ކަމަށެވެ.
މިކަމާ ގުޅިގެން ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޟަމްއާން ވިދާޅުވީ އިމިގްރޭޝަންގެ ނަމުގައި ދައުރު ކުރަމުން ދަނީ ފޭކު ޕޯސްޓެއް ކަމަށާއި އާއްމު މަސްލަހަތާއި ގުޅުން ހުރި ކަންކަމުގައި މަޢުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ޚަބަރު ފެތުރުމަށާއި ސޯޝަލް މީޑިއާގެ ޕޯސްޓް ޝެއަރ ކުރުމުގައިވެސް މަޢުލޫމާތުގެ ސައްޙަކަން ކަށަވަރު ކުރުމަށް އެދޭ ކަމަށެވެ. އަދި ބުޅާ މަރާ އަދި އޭގެން ވިޔަފާރި ކުރާ ކަމުގެ ތުހުމަތު ކުރެވިފައިވާ މީހާގެ ތަހުޤީގު ކަމާ ގުޅުންހުރި އިދާރާތަކުގައި ކުރިއަށް ގެންދާ ކަމަށެވެ.
ދައުރުކުރަމުންދާ ފޭކު ޕޯސްޓުގައި 20 ފިހާރައެއްގެ ނަން ހިމަނައި ލިސްޓެއް ހަދައި ބުނެފައިވަނީ އެއީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަރަފާތު ހޮސައިން ކާތަކެތި ވިއްކާ ފިހާރަތައް ކަމަށާއި އަދި އެ ފިހާރަތަކުން ކެވިފައިވާނަމަ ޑޮކްޓަރަށް ދެއްކުމާއި ޑޮކްޓަރު ލަފާ މަތިން ކުރިއަށް ގެންދިއުމަށެވެ.
މި މައްސަލައިގައި ތުހުމަތު ހުމަތު ކުރެވޭ ފަރާތް ބަންގްލަދޭޝްގެ އަރަފާތު ހޮސައިން (32އ) ހައްޔަރު ކޮށްފައި ވަނީ އިއްޔެ ހެނދުނު 10:36 ހާއިރު ސެލޫނެއްގެ ތެރެއިންނެވެ. އަދި އޭނާ މިހާރު ހުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ.

