ބުޅަލުމަހުން އަދި ސާފުތާހިރުނޫން ކާބޯތަކެތި އުފެއްދި މީހާގެ މައްޗަށް ޤާނޫނުތަކުން ގިނަ އަދަދަކަށް ދައުވާކުރެވެން އޮތްވާ އެމީހެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލުމެއްނެތި، ޑިޕޯރޓްކޮށް ޤައުމަށް ފޮނުވާލަން ނިންމާ އިމިގްރޭޝަނާއި ހަވާލުކުރިކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް މުހައްމަދު ނިޝާން ވިދާޅުވެއްޖެއެވެ.
"ޑިޕޯރޓްކުރާ މީހުން އެއިރެއްގެ ދައުރުގެ ސިޔާސަތު ބަދަލުވުމުން ކައިރި ހިސާބެއްގައި އަލުން ރާއްޖެއައުމަކީ މިރާއްޖޭގައި ހިނގާ ސިޔާސަތެއް. މި ނިންމުމުގެ ސަބަބުން އެފަދަ މީހުން އެފަދަ އަމަލުތައް އަލުން ތަކުރާރުކުރުމަށް ލިބޭ ފުރުޞަތެއްކަމަށް ދެކެން." ނިޝާން
އެފަދަ މީހުންނާއިމެދު ޖިނާއީ ފަލަ ޤާނޫނުތަކުން އެއްކުށުގެ އަމަލުންދޭހަވާ ތަފާތު ދައުވާކުރެވޭއިރު، ދިވެހި 5 ލައްކަ ރަށްޔިތުންގެ ސިއްހީ ހައްޤުތަކަށް އަރައިގަނެ ދައުވާ އުފުލުމެއްނެތި އެމީހަކު ޤައުމަށް ފުރުވާލަން ނިންމި ނިންމުން ޤާނޫނީ މީހެއްގެ ހައިޞިއްޔަތުން އެކަންކުއްވެރި ކުރާ ކަމަށެވެ.
ނިޝާން މިހެން ވިދާޅުވެފައިވާއިރު މާލޭގައި އެކި ތަންތަނުން ބުޅާ ހިފައި އެތަަކެތި މަރައި، ކާއެއްޗެހި ހެދި ކަމުގެ ތުހުމަތުގައި ބަނގްލަދޭޝް މީހަކު ފުލުހުން ހައްޔަރުކުރި މިމަހު 21 ގައެވެ. އެމްޑީ އަރަފާތު ހޮސައިން ކިޔާ މީހަކު ބުޅާ މަރައި، އޭގެ މަހުން ކައްކައިފައިވާ ކާތަކެތި ވިއްކާ ކަމަށް ތުހުމަތުކޮށް އެމީހާވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގިނަ އަދަދެއްގެ ބިދޭސީން މިހާތަނަށް އަތުލައިގެންފައިވެއެވެ. އެގޮތުން 2000 ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

