ކ. ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ މަންޒަރު ފެންނަ ވީޑިޔޯއެއް ދައުރު ވަމުންދާ އިރު އޭގެއިން އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިފައިވާ ތަން ފެނެއެވެ. އެހެންނަަމަވެސް އެމްއެންޑީއެެފް އިން އަލިފާން ރޯވި ސަަރަހައްދުގައި މިހާރު އެފަރާތުން ހަރަކާތްތެރިވަމުންދާކަމުގެ މައުލޫމާތު ލިބިފަައިވާ އިރު އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް އަދި އެނގިފައެއް ނެތެވެ.
އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ތިލަފުށި ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ހާދިސާ ހިނގާފައިވާ ކަމަށް އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ ހެނދުނު 8:36ގައި ކަމަށް އެ ތަނުން ބުންޏެވެ.
މި ހާދިސާ އާ ގުޅިގެން އެމްއެންޑީއެފުން ބުނީ ތިލަފުށީގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ. އަދި އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ތިލަފުށި ފަޔަރ ސްޓޭޝަނުން ދަނީ ހަރަކާތްތެރިވަމުން ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ރޯވެފައިވަނީ ޓަޔަރު ގުދަނެއްގަ އެވެ. އެ ހާދިސާ ހިނގިއިރު އެތެރޭގައި ތިބި ބައެއް މީހުން އެތަނުން ނުކުމެގެން ސަލާމަތްވެފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އެހެންނަމަވެސް ސީދާ އެންމެންނަށް ސަލާމަތުން ރައްކާތެރިކަމާއެކު ނުކުމެވުނުކަމެއް އަދި ޔަގީނެއް ނޫނެވެ.

